ވިމެން އިން ޓެކް މޯލްޑިވްސްއާ ގުޅިގެން ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން "ގަރލް ޕަވަރޑް 2021" ނަމުގައި ހިންގާ ޕްރޮގްރާމްގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

މި ޕްރޮގްރާމާ ގުޅޭގޮތުން އެޗްޑީސީން ބުނީ މިއީ ޓެކްނޮލޮޖީ ދާއިރާއަށް ޒުވާން އަންހެންކުދިން ވަނުމަށް ހިތްވަރުދީ، ހޭލުންތެރި ކުރުވުމުގެ ގޮތުން ކުރިއަށް ގެންދާ ޕްރޮގްރާމެއް ކަމަށެވެ. އަދި މިއީ ޓެކްނޮލޮޖީގެ ބޭނުންކޮށްގެން ސްމާޓް ސިޓީއަށް ގެނެވޭ ބަދަަލުތަކަށް އަހުލުވެރިކުރުވައި ޝައުގުވެރިކަން އިތުރު ކުރުވުމުގެ މަގްސަދުގައި ހިންގޭ ޕްރޮގްރާމެއް ކަމަށްވެސް އެޗްޑީސީން ބުނެފައި ވެއެވެ.



ހުޅުމާލޭގެ ސްކޫލްތަކުގައި ކިޔަވަމުންދާ ގްރޭޑް 6 އަދި 7 ގެ އަންހެން ކުދިންނަށް އަމާޒުކޮށްގެން ހިންގުމަށް ހަމަޖެހިފައިވާ މި ޕްރޮގްރާމް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައި ވަނީ މިހިނގާ ނިވެންބަރު މަހުގެ 8 އިން އަންނަ ޑިސެންބަރު މަހުގެ 6 އަށް އޮންލައިންކޮށެވެ.

މި ޕްރޮގްރާމްގައި ބައިވެރިވާ ދަރިވަރުންނަށް ބްލޮކް ކޯޑިންގ ބޭނުން ކޮށްގެން ކޮންޓެންޓް ތައްޔާރު ކުރުމާއި މެޝިން ލާނިންގ ތައާރަފް ކުރުމަށް ވަނީ ހަމަޖެހިފައެވެ.

މި ޕްރޮގްރާމުގައި ބައިވެރިވުމަށް ޝައުގުވެރިވާ ކުދިން ނޮވެމްބަރު 7 ވަނަ ދުވަހުގެ 03:00 ގެ ކުރިން އޮންލައިންކޮށް ފޯމް ހުށަހެޅުމަށް އެޗްޑީސީން ވަނީ އެދިފައެވެ.

މި ޕްރޮގްރާމުގައި ބައިވެރިވެވޭނީ ޝަރުތު ފުރިހަމަވާ ކުދިންގެ ތެރެއިން އެންމެ ފުރަތަމަ ފޯމު ހުށަހަޅާ 20 ކުދިންނަށެވެ.



ކިޔުންތެރިންގެ ހިޔާލު