އަހުމަދު މަސްނޫމް   4 ނޮވެމްބަރު 2021 - 11:5
ރާއްޖޭގައި ކޯވިޑަށް ފަރުވާ ހޯދަމުންދިޔަ މީހަކު މިއަދު ނިޔާވެއްޖެއެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ، އެޗްޕީއޭއިން ބުނީ ކޯވިޑް ޖެހިގެން ނިޔާވީ ހުޅުމާލެ މެޑިކަލް ފެސިލިޓީގައި ފަރުވާދެމުންދިޔަ އުމުރުން 81 އަހަރުގެ ފިރިހެނެއްކަމަށެވެ. އޭނާ ނިޔާވީ މިއަދު ހެނދުނު 7:19 ހާއިރުކަމަށްވެސް އެޗްޕީއޭއީން ވިދާޅުވެއެވެ.

މިއީ ރާއްޖެއިން ކޯވިޑް ޖެހިގެން ނިޔާވި 244 ވަނަ މީހާއެވެ.



އެޗްޕީއޭގެ ތަފާސް ހިސާބުތައް ދައްކާގޮތުން ރާއްޖެއިން ކޯވިޑް ޖެހުނު މީހުންގެ ޖުމްލަ އަދަދު މިހާރު ވަނީ 88،277 އަށް އަރާފައެވެ. އަދި އެންމެ ފަހުން އެޗްޕީއޭއިން އާންމުކުރި ހިސާބުތަކަށް ބަލާއިރު އެކްޓިވް ކޭސްތައް ނުވަތަ ބަލިޖެހިފައި ތިބި މީހުންގެ އަދަދު އުޅެނީ 1،981 ގައެވެ.

އެޗްޕީއޭ ގެ ތަފާސްހިސާބުން ދައްކާގޮތުން މިވަގުތު ހޮސްޕިޓަލްގައި އެޑްމިޓްކޮށްގެން ފަރުވާދެމުން ގެންދަނީ 33 މީހުންނަށެވެ. އެޗްޕީއޭއިން ބުނީ ކޯވިޑަށް ޓެސްޓްކުރުމަށް އިއްޔެ 4،069 ސާމްޕަލް ނަގާފައިވާ ކަމަށެވެ.

އިއްޔެ ބަލިން ރަނގަޅުވެފައިވަނީ 99 މީހުންނެވެ. މިހާތަނަށް ރާއްޖެއިން ބަލިޖެހުނު މީހުންގެ ތެރެއިން 86،040 މީހުންވަނީ ބަލިން ރަނގަޅުވެފައެވެ.



ކިޔުންތެރިންގެ ހިޔާލު