ކޯވިޑާއި ގުޅިގެން ދުނިޔެއަށް ކުރިމަތިވި ގެއްލުންތަކުން އަރައިގަތުމުގައި އެންމެ މުހިއްމު މަސައްކަތްތަކެއް ކުރެވޭނީ ޒުވާނުންނަށްކަމަށް އދ.ގެ އާއްމު މަޖިލީހުގެ ރައީސް އަދި ރާއްޖޭގެ ޚާރިޖީ ވަޒީރު އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.
ޝާހިދު މިހެން ވިދާޅުވީ ޔޫރަޕިއަން ޔޫނިއަނާއި އދގެ އެންވޯއީ އޮފް ޔޫތާ ގުޅިގެން ބާއްވާ ޔޫއެން ޔޫތު ޑެލިގޭޓްސް ޑައިލޮގަށް ފޮނުއްވި ވީޑިއޯ މެސެޖުގައެވެ.
މިއަދު ދުނިޔޭގައި ޒުވާނުންގެ އުމުރުފުރައިގެ 1.8 ބިލިއަން މީހުން އުޅޭކަން ފާހަގަކުރައްވާ ޝާހިދު ވިދާޅުވީ ދުނިޔެ ބިނާކޮށް މުސްތަޤްބަލްގެ ޕްލޭންތައް ހަދާއިރު ޒުވާނުންނަށް އެކަމުގައި ގޮތް ކިޔޭނެކަމަށެވެ. އަދި އެ ޒުވާނުން އުއްމީދުކުރަމުންދަނީ މިންތީގެ ހަމަހަމަކަން ލިބިގެންވާ، ކުރިއަރަމުންދާ ފަދަ މުޖްތަމައަކަށްކަމަށް ޝާހިދު ވިދާޅުވިއެވެ.
އެހެންކަމުން ޒުވާނުންގެ އަޑު އަަހައިގެން، އެމީހުންގެ ވިސްނުން އދގެ ނިންމުންތަކުގައި ހިމަނަން އދގެ ސެކްރެޓަރީ ޖެނެރަލް ގޮވާލާފައިވާ ގޮވާލުމަށް އިޖާބަ ދެއްވުމަށްވެސް ޝާހިދު ގޮވާލެއްވިއެވެ.
މިއީ ޔޫރަޕިއަން ޔޫނިއަނާއި އދގެ ސެކްރެޓަރީ ޖެނަރަލްގެ ޔޫތު އެންވޯއި ގުޅިގެން ބާއްވާ ޔޫއެން ޔޫތް ޑެލިގޭޓްސް ޑައިލޮގް ބާއްވާ 2 ވަނަ އަހަރެވެ.

"At 1.8 billion, today’s youth demographic is the largest in history, expecting to inherit a world that is peaceful, sustainable, gender-balanced, just, and prosperous."
— Abdulla Shahid (@abdulla_shahid) November 3, 2021
My remarks at the Youth Delegate's Dialogue: https://t.co/0M4J0BeRnD#PresidencyOfHope
މިއީ ޔޫރަޕިއަން ޔޫނިއަނާއި އދގެ ސެކްރެޓަރީ ޖެނަރަލްގެ ޔޫތު އެންވޯއި ގުޅިގެން ބާއްވާ ޔޫއެން ޔޫތް ޑެލިގޭޓްސް ޑައިލޮގް ބާއްވާ 2 ވަނަ އަހަރެވެ.
ކިޔުންތެރިންގެ ހިޔާލު