އައްޑޫ ސިޓީ ހިތަދޫ ރުއްޖެހެރެ ސަރަހައްދުގައި ޕިކްނިކް ޒޯނެއް ތަރައްޤީކުރުމުގެ މަސައްކަތް އައްޑޫ ސިޓީ ކައުންސިލުން ފަށައިފިއެވެ.
އައްޑޫ ސިޓީ ކައުންސިލުން ބުނީ މިމަސައްކަތް ކުރިޔަށް ގެންދަނީ އައްޑޫ ސިޓީ ކައުންސިލާއި އައްޑޫ ފްރެންޑްސް އަދި ބީޓެކް ގުޅިގެންކަމަށެވެ. އިއްޔެ އައްޑޫ ސިޓީ ހިތަދޫ ރުއްޖެހެރެ ސަރަހައްދުގައި ތަރައްޤީ ކުރާ ޕިކްނިކް ޒޯނުގެ މަސައްކަތް ކުރިޔަށްދާގޮތް ބައްލަވާލެއްވުމަށް މޭޔަރ ޢަލީ ނިޒާރާއި ޑެޕިއުޓީ މޭޔަރ މުޙައްމަދު ޝުޢާއު ވަނީ އެސަރަޙައްދަށް ވަޑައިގެންފައެވެ.
ރުއްޖެހެރެ ސަރަހައްދުގައި ޕިކްނިކް ޒޯން ތަރައްޤީކުރާއިރު އެ ސަރަހައްދަކީ އައްޑޫ ލިންކް ރޯޑާ ދިމާލުން އޮންނަ ކުނިކޮށި ސަރަހައްދުގެ ފުއްޓަރު ފަރާތެވެ. ކައުންސިލުން އެތަން ޕިކްނިކް ޒޯނެއްގެ ގޮތުގައި ތަރައްގީކުރަނީ ފަސޭހައިން ވަދެނުކުމެވޭ ގޮތަށް މަގުތައް ކޮށައި، އަތިރިމައްޗަށް ވެލި އަޅައި ރީތިކޮށްގެންނެވެ.
އައްޑޫ ސިޓީގެ ރައްޔިތުން ދަތުރުދާނެ ރަށެއް ނެތުމުގެ ކަންބޮޑުވުން އެ ސިޓީގެ ރައްޔިތުން ފާޅުކުރަމުންދާއިރު އާއްމުކޮށް އެ ސިޓީގެ މީހުން ދަތުރު ގޮސް އުޅެނީ، ހަންކެޑެ/ ގައުކެނޑި ބްރިޖް ސަރަހައްދަށެވެ. ނަމަވެސް މިހާރު އެ ސަރަހައްދަކީ ޓޫރިޒަމަށް ހާއްސަކޮށްގެން ތަރައްގީކުރަން ނިންމާފައިވާ ތަނެކެވެ.

އައްޑޫ ސިޓީ ހިތަދޫ ރުއްޖެހެރެ ސަރަހައްދުގައި ތަރައްޤީ ކުރާ ޕިކްނިކް ޒޯނުގެ މަސައްކަތް ކުރިޔަށްދާގޮތް މޭޔަރ ޢަލީ ނިޒާރާއި ޑެޕިއުޓީ މޭޔަރ މުޙައްމަދު ޝުޢާއު ބައްލަވާލައްވައިފި. މިމަސައްކަތް ކުރިޔަށް ގެންދަނީ އައްޑޫ ސިޓީ ކައުންސިލް އާއި އައްޑޫ ފްރެންޑްސް އަދި ބީޓެކް ގުޅިގެން. pic.twitter.com/KWsQDVb9Km
— Addu City Council (@AdduCityCouncil) November 3, 2021
ރުއްޖެހެރެ ސަރަހައްދުގައި ޕިކްނިކް ޒޯން ތަރައްޤީކުރާއިރު އެ ސަރަހައްދަކީ އައްޑޫ ލިންކް ރޯޑާ ދިމާލުން އޮންނަ ކުނިކޮށި ސަރަހައްދުގެ ފުއްޓަރު ފަރާތެވެ. ކައުންސިލުން އެތަން ޕިކްނިކް ޒޯނެއްގެ ގޮތުގައި ތަރައްގީކުރަނީ ފަސޭހައިން ވަދެނުކުމެވޭ ގޮތަށް މަގުތައް ކޮށައި، އަތިރިމައްޗަށް ވެލި އަޅައި ރީތިކޮށްގެންނެވެ.
އައްޑޫ ސިޓީގެ ރައްޔިތުން ދަތުރުދާނެ ރަށެއް ނެތުމުގެ ކަންބޮޑުވުން އެ ސިޓީގެ ރައްޔިތުން ފާޅުކުރަމުންދާއިރު އާއްމުކޮށް އެ ސިޓީގެ މީހުން ދަތުރު ގޮސް އުޅެނީ، ހަންކެޑެ/ ގައުކެނޑި ބްރިޖް ސަރަހައްދަށެވެ. ނަމަވެސް މިހާރު އެ ސަރަހައްދަކީ ޓޫރިޒަމަށް ހާއްސަކޮށްގެން ތަރައްގީކުރަން ނިންމާފައިވާ ތަނެކެވެ.
ކިޔުންތެރިންގެ ހިޔާލު