މާލެ ސިޓީ ކައުންސިލް އުވާލުމާއި ގުޅޭގޮތުން ފާޅުކުރެއްވީ އަމިއްލަ ހިޔާލެއްކަމަށާއި، އެއީ އެމްޑީޕީގެ ނިންމުމެއް ނޫންކަމަށް އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ދިއްގަރު ދާއިރާގެ މެންބަރު އިކްރާމް ހަސަން ވިދާޅުވެއްޖެއެވެ.

މެމްބަރު އިކްރާމް މިހެން ވިދާޅުވެފައި މިވަނިީ ވެރިކަންކުރާ ރަށުގައި ސިޓީ ކައުންސިލެއް އޮންނަން ނުޖެހޭކަމަށް ވިދާޅުވެ އޭނާ ދެއްކެވި ވާހަކައާއި ގުޅިގެން ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވެ ހޫނުފެނަށް ވެއްޓިވަޑައިގެންނެވުމުންނެވެ.

އިކްރާމް ވިދާޅުވީ ސިޓީ ކައުންސިލާއި ގުޅޭގޮތުން އޭނާ ފާޅުކުރެއްވީ އަމިއްލަ ހިޔާލެއް ކަމަށެވެ. އަދި އެއީ އެމްޑީޕީގެ ނިންމުމެއް ނޫންކަމަށްވެސް އޭނާ ވިދާޅުވިއެވެ.

އިކްރާމް ވިދާޅުވީ އެމްޑީޕީގެ ޕީޖީ ގްރޫޕާއި، އެހެނިހެން ގުނަންތަކުގެ ނިންމުންތަކަށް އޭނާ ފުރިހަމައަށް އިހްތިރާމް ކުރައްވާނެކަމަށެވެ.



މެމްބަރު އިކްރާމް ހޫނު ފެނަށް ވެއްޓިވަޑައިގެންނެވީ މިއަދު ކުރެއްވި ޓްވީޓެއްގައި މައި ސަރުކާރު ހިންގާ ސިޓީގައި ސިޓީ ކައުންސިލެއް އޮންނާކަށް ނުޖެހޭނެ ކަމަށް ވިދާޅުވުމުންނެވެ. އަދި އެންމެ މަސްލަހަތު ރަނގަޅު ގޮތަކީ މައި ސަރުކާރުން އެ ސިޓީއެއް ހިންގުންކަމަށާއި މާލެ އޭރިއާއަށް ސިޓީ ކައުންސިލެއް ބޭނުމެއް ނުވާނެކަމަށް އިކްރާމް ވިދާޅުވިއެވެ.

މިވާހަކަތަކާއި ގުޅިގެން އެމްޑީޕީގެ ޗެއަރޕާސަން ހަސަން ލަތީފް ވިދާޅުވީ އިކްރާމްގެ އެ ވާހަކަފުޅުތަކާއި ގުޅިގެން ލަދުފުޅުވެތިވާކަމަށާއި، ނަމަވެސް އެއީ އެމްޑީޕީގެ ވިސްނުމާއި ސިޔާސަތެއް ނޫންކަަމަށެެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން