އެމްއެންޑީއެފްގެ "ވިކްޓްރީ ލެޕް"
އެމްއެންޑީއެފްގެ "ވިކްޓްރީ ލެޕް"
33 ވަނަ ނަޞްރުގެ ދުވަހުގެ މުނާސަބަތުގައި އެމްއެންޑީއެފުން ހިންގާ ހަރަކާތްތަކުގެ ތެރޭގައި ހިމެނޭ، "ވިކްޓްރީ ލެޕް" ދުވުން މާލެ ސިޓީގައި މިއަދު ބާއްވައިފިއެވެ.

ކަޅުތުއްކަލާކޮށީ ހެވިކަމުގެ މައިދާނުގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތުގައި މި ދުވުން ފަށްޓަވައިދެއްވީ ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް ޢަބްދުﷲ ޝަމާލެވެ.

މި ދުވުން ކުރިއަށް ގެންގޮސްފައިވަނީ ކަޅުތުއްކަލާކޮށީ ދެކުނުގޭޓުން ނިކުމެ ބޮޑުތަކުރުފާނުމަގުން އިރަށް ގޮސް މޫނިމާ ހިނގުމުން އުތުރަށް ގޮސް އަމީނީމަގުން އިރަށް ގޮސް ދަރުބާރުގެ ވަށާލައި ބޮޑުތަކުރުފާނުމަގުން ހުޅަނގަށް ދުވެފައި އައިސް، ކަޅުތުއްކަލާކޮށްޓަށެވެ.

"ވިކްޓްރީ ލެޕް" އަކީ އަސްކަރިއްޔާތަކުގައި ކާމިޔާބީ ފާހަގަކުރުމަށާއި އަސްކަރީ ސަފުތަކުގެ ބަދަހިކަން ދައްކައިދިނުމާއި، ޤައުމީ ރޫޙާއި ޖޯޝް ލަޝްކަރުގައި އަށަގެންނެވުމަށް ބާއްވަމުންގެންދާ ހަރަކާތެކެވެ. ވަކިން ޚާއްޞަކޮށް މި ހަރަކާތް ރަމްޒުކޮށްދެނީ ދީނާއި ޤައުމުގެ ޙައްޤުގައި ޝަހީދުވި މަތިވެރި އަބްޠާލުންގެ ޒިކުރާއެވެ.

މި ދުވުން ކުރިއަށްދިޔައިރު ޤައުމީ ޝިޢާރު އަދި ސިފައިންގެ އަޒުމް، އަޑު ހަރުކޮށް ކިޔާފައިވެއެވެ. މި ވިކްޓްރީ ލެޕްގައި ސިފައިންގެ ޖެނެރަލް އޮފިސަރުންނާއި، އޮފިސަރުންނާއި ވޮރަންޓް އޮފިސަރުންގެ އިތުރުން އެންލިސްޓެޑް އޮފިސަރ ރޭންކުތަކުގެ ގިނަ އަދަދެއްގެ އެންލިސްޓެޑް ރޭންކުތަކުގެ ސިފައިން ވަނީ ބައިވެރިވެފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން