ޖޭސަން މަމޮއާ އެކުއަމޭންގެ ޕޯސްޓަރަކުން
ޖޭސަން މަމޮއާ އެކުއަމޭންގެ ޕޯސްޓަރަކުން
ހޮލީވުޑްގެ ސުޕަހީރޯ ޖޭސަން މަމޮއާ ކޮވިޑް-19 އަށް ޕޮޒިޓިވްވެއްޖެއެވެ.

އުމުރުން 42 އަހަރުގެ މަމޮއާ ކޮވިޑަށް ޕޮޒިޓިވްވިކަން ހާމަކޮށްފައި ވަނީ އޭނާގެ އިންސްޓަގްރާމް ސްޓޯރީގައި ހިއްސާ ކުރި ވީޑިއޯއެއްގައެވެ. އަދި އޭނާ މިހާރު ހުރީ އިނގިރޭސި ވިލާތުގައި ހުންނަ އޭނާގެ ގޭގައި އެކަހެރިވެގެންކަމަށް މީޑިއާތަކުން ރިޕޯޓްކުރެއެވެ.

ފިލްމު ޑޫންގައި ޑުންކަން އިޑާހޯގެ ރޯލުވެސް ކުޅެފައިވާ ޖޭސަން މަމޮއާ ކޮވިޑަށް ޕޮޒިޓިވްވެފައިވަނީ އެ ފިލްމު ޕްރިމިއަރ ކުރުމުގެ ރަސްމިއްޔާތަށް ގޮސް ހުއްޓައިކަމަށް އޭނާ އިންސްޓަރގްރާމްގައި އާންމުކުރި ވީޑިއޯގައި ބުނެފައިވެއެވެ.

އެގޮތުން މަމޮއާ އެކަހެރިވެ ހުރީ ސްކޭޓް ކުރުމަށް މަޝްހޫރު، އެރިކް އެލިންގޓަން އާއެކު ކަމަށް ރިޕޯޓްތަކުން ބުނެފައިވާއިރު، މަމޮއާ އާންމުކުރި ވީޑިއޯގައިވެސް އެރިކް ސްކޭޓް ކުރަމުންދާ މަންޒަރުވެސް ފެނެއެވެ.

ކޮވިޑަށް ޕޮޒިޓިވްވުމާ ގުޅިގެން މަމޮއާ ބުނީ ކޮވިޑް ޖެހުނީ ކާކުގެ ފަރާތުން ކިހިނެއްކަން އޭނާއަށް ނޭނގޭ ކަމަށެވެ.

މި އަހަރުގެ ޖޫން މަހުން ފެށިގެން ޖޭސަން މަމޮއާ ދަނީ "އަކުއާމެން އެންޑް ދަ ލޮސްޓް ކިންގްޑަމް" ގެ ޝޫޓިންތަކުގައި ބައިވެރިވަމުންނެވެ. މި ޝޫޓިންތައް ކުރިއަށްދަނީ އިނގިރޭސި ވިލާތުގައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން