ބިދޭސީންގެ މައްސަލައާއި ގުޅޭގޮތުން އައްޑޫ ސިޓީ ކައުންސިލާއި މޯލްޑިވްސް އިމިގްރޭޝަނުން މަޝްވަރާކޮށްފިއެވެ.

މިމަޝްވަރާތައް ބާއްވާފައިވަނީ ކޮންޓްރޯލަރ ޖެނެރަލް އޮފް އިމިގްރޭޝަން އަހުމަދު މުހައްމަދާއި އިމިގްރޭޝަންގެ އިސްވެރިން އައްޑޫ ސިޓީއަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިންނެވެ.

މިދަތުރުފުޅުގެ ތެރެއިން ކޮންޓްރޯލަރ ޖެނެރަލް އޮފް އިމިގްރޭޝަން ވަނީ ‏އައްޑޫ ސިޓީ ކައުންސިލާއި ބައްދަލު ކުރައްވާފައެވެ. މި ބައްދަލުކުރެއްވުމުގައި އައްޑޫ ސިޓީގެ މޭޔަރ އަލީ ނިޒާރާއި އެހެން ކައުންސިލަރުން ބައިވެރިވެވަޑައިގަތެވެ.



މިބައްދަލުކުރެއްވުމުގައި އައްޑޫ ސިޓީގައި ޤަވާއިދާއި ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލުކުރުމާއި ބެހޭގޮތުން ވަނީ ފުޅާދާއިރާއެއްގައި މަޝްވަރާކުރެވިފައެވެ. އަދި އިމިގްރޭޝަންގެ ހިދުމަތްތައް ފުޅާކުރުމާއި ގުޅޭގޮތުންވެސް މަޝްވަރާކުރިއެވެ.

އައްޑޫ ސިޓީގައި ގަވައިދާ ހިލާފަށް މަސައްކަތްކުރާ ބިދޭސީން ގިނަވެ އާއްމުންންގެ ޝަކުވާ ވަނީ ވަރަށް ބޮޑަަށް ބޮޑުވެފައެވެ. އެގޮތުން އެމީހުންގެ ފަރާތުން އުނދަގޫތައް ކުރިމަތިވުންފަދަ ކަންކަން އާއްމުން ދަނީ ފާހަގަކުރަމުންނެވެ. ނަމަވެސް އެކަމަށް އެދެވިގެންވާ ހައްލުތަކެއް ލިބިފައެއް ނުވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން