މާލޭ ސިޓީގެ ގޭގެއަށް ޒިޔާރަތްކުރަށްވައި ރައްޔިތުންގެ ހާލު ބެއްލެވުމުގެ ޕްރޮގްރާމެއް މާލޭ ސިޓީގެ މޭޔަރ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ފައްޓަވައިފިއެވެ.

މިގޮތުން މޭޔަރ ޑރ. މުޙައްމަދު މުޢިއްޒު ނިންމަވާފައިވަނީ މާލޭ ސިޓީ އެކި ސަރަޙައްދުތަކަށް ބަހާލައިގެން ކަނޑައެޅޭ ސަރަޙައްދުތަކަކަށް ވަޑައިގެން ރައްޔިތުންގެ ޙާލަތު ބެއްލެވުމަށްކަމަށް ސިޓީ ކައުންސިލުން ބުނެފައި ވެއެވެ.

މި ޕްރޮގްރާމްގެ ދަށުން ގޭގެއަށް ވަޑައިގެން ބައްދަލުކުރައްވާ ރައްޔިތުންގެ ފަރާތުން ހުށަހަޅުއްވާ ކަންތައްތައް ނޯޓްކުރައްވައިގެން ދަތިތައް ހައްލުކޮއްދެއްވުމަށް ސިޓީ ކައުންސިލުން މަސައްކަތްކުރާނެ ކަމަށް ވެސް އެކައުންސިލުން ބުނެފައި ވެއެވެ.



ރައްޔިތުންގެ ޙާލު ބެއްލެވުމަށް ގޭގެއަށް ޒިޔާރަތްކުރާނެ ގޮތުގެ ޝެޑިއުލެއް ހަދައިގެން ކޮންމެ ހަފުތާއަކުވެސް ދެދުވަހުން އެއް ދުވަހު ގޭގެއަށް ޒިޔާރަތްކުރުމަކީ ހަތަރުވަނަ ދައުރުގެ ކައުންސިލުން ފާސްކޮށްފައިވާ ސްޓްރަޓެޖިކް އެކްޝަން ޕްލޭންގައި ހިމެނިފައިވާ ހަރަކާތެއްކަމަށް ސިޓީ ކައުންސިލުން ބުނެއެވެ.

މޭޔަރ މިއަދު ފެއްޓެވި ޕްރޮގްރާމްގެ ތެރެއިން ވަނީ ބައެއް ގޭގެއަށް ޒިޔާރަތްކުރައްވައި، ރައްޔިތުންގެ ހާލު ބައްލަވާފައެވެ.

މާލޭ ސިޓީއަށް ދިމާވެފައިވާ ތަފާތު މައްސަލަތައް ހައްލުކުރެއްވުމަށް ކައުންސިލުން ގެންދަނީ މަސައްކަތްކުރަމުންނެވެ. އޭގެތެރޭގައި ކައުންސިލް ފެންވަރުގައި ކުރެވޭ ކަންތައްތަކާއި ސަރުކާރަށް ހުށަހަޅައިގެން ކުރަންޖެހޭ ކަންކަން ހިމެނެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން