އިންޑިއާގެ ކޮންޓްރޯލް ނެތް ގޮތަކަށް ރާއްޖޭގެ އުތުރުގައި ޕޯޓެއް ހެދިޔަނުދޭނެކަމަށް މަހިބަދޫ ދާއިރާގެ މެންބަރު އަހުމަދު ޠާރީގް (ޓޮމް) ވިދާޅުވެއްޖެއެވެ.

ޓޮމް މިހެން ވިދާޅުވީ އިހަވަންދިއްޕޮޅުގައި އާގު ބޯޓަށް ހިދުމަތް ދެވޭނެ މަގު ތަނަވަސްކޮށްދިނުމަށް ގޮވާލާ ހޯރަފުށި ދާއިރާގެ މެންބަރު އަހުމަދު ސަލީމް ހުށަހެޅުއްވި ގަރާރަށް މިއަދު ބަހުސްކުރައްވަމުންނެވެ.

މަހިބަދޫ ދާއިރާގެ މެންބަރު ޠާރީގް ވިދާޅުވީ އިހަވަންދިއްޕޮޅުގައި ޓްރާންޝިޕްމަންޓް ބަނދަރެއް ހެދުމުގެ ޕްލޭންތަކެއް ރައީސް އަބްދު ﷲ ޔާމީންގެ ވެރިކަމުގައިވެސް ގެންގުޅުނުކަމަށާއި އެކަމަށް ސާވޭތަކެއްވެސް ކުރިއަށްގެންދިޔަކަމަށެވެ.

"ސާރވޭތަކެއް ހެދި. ކިހިނެތްތޯވީ.. މިމައުޟޫއަށް ދާންވެއްޖެއްޔާ ދައްކަން ޖެހެނީ ވަރަށް ބޮޑެތި ވާހަކަ. މިހާރު ލަންކާގައި ޕޯޓް އަޅާތީ އިންޑިއާއަށް ނުހުރެވިގެން މިއުޅެނީ ކީއްވެތޯ؟ އިހަންވަދިއްޕޮޅުގެ ވާހަކަ ދައްކާއިރު ނުރައްކާތެރި ވާހަކަތައް އެބަހުރި. އެކަމަކު މިފަދަ ޗެމްބަރެއްގައި ހުރިހާ ވާހަކައެއް ނެތް ދެއްކޭކަށް." ޓޮމް ވިދާޅުވިއެވެ.

ޠާރިގް ވިދާޅުވީ އިހަވަންދިއްޕޮޅު ޕޯޓް ރައީސް ޔާމީންގެ ވެރިކަމުގައި ހެދިޔަނުދިނީކަމަށެވެ.

"ވާހަކަ ދައްކަންޏާ ލައްކަ ވާހަކަ ދެއްކިދާނެ.. އެކަމަކު އަޅުގަނޑު ނެތިން ބޮޑެތި ގައުމުތަކާއި ގުޅޭގޮތުން މާގިނަ އަނގަ ތަޅާކަށެއް." ޓޮމް ވިދާޅުވިއެވެ.



ތާރީގް ވިދާޅުވީ ރައީސް ސާލިހުގެ ސަރުކާރުން އެތަނުގައި ޕޯޓެއް ހަދަން ބޭނުންވިޔަސް އެކަން ވިޔަކަނުދޭނެކަމަށެވެ. އަދި އެކަން ކުރަންޏާ ޖެހޭނީ އިންޑިއާއާ ގުޅިގެން ކުރަންކަމަށް ތާރިގް ވިދާޅުވިއެވެ.

"އިހަވަންދިއްޕޮޅަކީ އަޅުގަނޑުމެންގެ ގައުމުގެ ބައުންޑަރީޒްތަކުގައި ހިމެނޭ ތަނެއް.އެކަމަކު އެ ޕޯޓް އެހެން ގައުމެއްގެ ސަލާމަތީ ސަބަބުތަކަށްޓަކައި ނޫނީ އެހެން ގައުމަކަށް ލިބެން އޮތް ފައިދާއަަކަށްޓަކައި ހެދިޔަނުދިނީ، އަދިވެސް ހެދިޔަކަނުދޭނެ.. ރައީސް ސާލިހުގެ ވެރިކަމުގައިވެސް އިންޑިއާއަށް ދީގެން ނޫންގޮތަކަށް ޕޯޓެއް ނޭޅޭނެ އިހަވަންދިއްޕޮޅުގައި. އިންޑިއާގެ ޓާޓާ ކުންފުންޏަށް ނޫނީ ބަޖާޖް ކުންފުންޏަށް ދީފިއްޔާ ޕޯޓް ހެދޭނެ. އެހެން ނޫނީ ލާހިކެއް ނޫން ރާއްޖެއަށް އިހަވަންދިއްޕޮޅުގައި ޕޯޓެއް ހަދާކަށް." އިހަވަންދިއްޕޮޅު ޕޯޓު ހެދުމަށް އިންޑިއާއިން ހުރަސް އަޅާކަމަށް ތުހުމަތުކުރަށްވައި ޓޮމް ވިދާޅުވިއެވެ.

ޠާރިގް ވިދާޅުވީ އެހެން ގައުމެއްގެ މަންފާއަށްޓަކާ އިހަވަންދިއްޕޮޅުގެ ރައްޔިތުންނަށް ލިބެން އޮތް މަންފާއާއި ކުރިއެރުން ވަނީ ހުއްޓުވާފައިކަމަށެވެ.



ޠާރީގް ވިދާޅުވީ ސަރުކާރާއި އިންޑިއާއާ ގުޅުން ރަނގަޅުއިރު، އަދި އެމްޑީޕީގައި ހުރިހާ ބާރެއް އޮތްއިރު އުތުރުގައި ޕޯޓެއް އަޅަން މަޖިލީހަށް ގަރާރެއް ހުށައެޅީ ބޭކާރު ވާހަކަތަކެއް ދައްކަން ކަމަށެވެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން