ރާއްޖެއިން ބަންގްލަދޭޝާއި ނޭޕާލަށް ކޯވިޑް ވެކްސިން ހަދިޔާކޮށްފިއެވެ.

ރާއްޖެއިން އެގައުމުތަކަށް ހަދިޔާކޮށްފައިވަނީ އެސްޓްރަޒެެނެކާ ވެކްސިނެވެ. އެގޮތުން ބަންގްލަދޭޝާއި ނޭޕާލުންކުރެ ކޮންމެ ގައުމަކަށް 2 ލައްކަ ވެކްސިން ޑޯޒް ހަދިޔާކޮށްފައިވާކަމަށް ސަރުކާރުން ބުނެފައި ވެއެވެ. އަދި ހަދިޔާކުރި ވެކްސިން އިއްޔެ އެ ގައުމުތަކާއި ހަވާލުކޮށްފައިވާކަމަށް ސަރުކާރުން ހާމަކޮށްފައި ވެއެވެ.



ސަރުކާރުން ބުނީ އަވަށްޓެރި ގައުމުތަކަށް ވެކްސިން ހަދިޔާކުރިނަމަވެސް، ރާއްޖޭގެ ރައްޔިތުންނަށް ޖެހޭ ވަރަށް ވެކްސިން ހުންނާނެކަމަށެވެ.

ސަރުކާރުގެ އޮފިޝަލަކު ވިދާޅުވީ ކޮވިޑްގެ ބަލިމަޑުކަމުގެ ތެރޭގައި ރާއްޖެއަށް ގިނަ ގައުމުތަކަކުން އެހީވެފައިވާ ކަމަށާއި އެހެންކަމުން އެހެން ގައުމުތަކަށް ރާއްޖެއިން ވެސް ވެދެވެން އޮތް އެހީއެއް ފޯރުކޮށްދޭން ޖެހޭނެކަމަށެވެ.

ރާއްޖެއިން މިހާތަނަށް ވެކްސިންގެ ފުރަތަމަ ޑޯޒް ޖަހާފައިވަނީ 392،773 މީހުންނެވެ. އަދި 343،149 މީހުން ވަނީ ވެކްސިން ފުރިހަމަކޮށްފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން