ސްކޮޓްލެންޑްގެ ގްލާސްގޯގައި ކުރިއަށްދާ އދ.ގެ މޫސުމަށް އަންނަ ބަދަލުތަކާބެހޭ ކޮންފަރެންސް (ކޮޕް26)ގެ ހަވާސާގައި ޤައުމުތަކުގެ ވެރިންގެ ޝަރަފުގައި އިނގިރޭސިވިލާތުގެ ބޮޑުވަޒީރު ބޮރިސް ޖޯންސަން ބޭއްވެވި ޙަފްލާގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ބައިވެރިވެވަޑައިގެންފިއެވެ.

މި ޙަފްލާ ކުރިއަށްދިޔައީ ސްކޮޓްލެންޑްގެ ގްލާސްގޯގައި ހުންނަ ކެލްވިންގްރޯވް އާޓް ގެލަރީ އެންޑް މިއުޒިއަމްގައެވެ.

ވީ.ވީ.އައި.ޕީ.ގެ މި ޚާއްޞަ ޙަފްލާގައި ރައީސުލްޖުމްހޫރިއްޔާ ވަނީ 120 އަށްވުރެ ގިނަ ޤައުމުތަކުގެ ސަރުކާރާއި ދަޢުލަތުގެ އިސްވެރިންނާއެކު ބައިވެރިވެވަޑައިގަންނަވާފައެވެ.



ކޮޕް 26ގެ ބައްދަލުވުމަކީ ބައިނަލްއަޤްވާމީ މައިދާނުގައި ރާއްޖޭގެ ދެމެހެއްޓެނިވި ތަރައްޤީގެ ޕްލޭންގެ ވާހަކަތައް ޙިއްޞާކުރުމަށް ލިބޭ އަގުހުރި ފުރުޞަތެކެވެ.

ރޭ ކޮޕް26 ބައްދަލުވުމުގައި ތަޤުރީރު ކުރައްވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ މި ބައްދަލުވުމުގައި ބައިވެރިވާ ދުނިޔޭގެ ލީޑަރުންނަށް އެބޭފުޅުން ކުރައްވާ މަސައްކަތް އިތުރުކުރައްވައި މޫސުމަށް އަންނަ ބަދަލުތައް ކުޑަކުރުމަށް އިތުރު އަހަންމިއްޔަތުކަމެއް ދީގެން އުންމީދީ ނިންމެވުންތައް ނިންމައި އެކަމުގައި އެބޭފުޅުންގެ ވާޖިބުއަދާކުރެއްވުމަށް ގޮވާލައްވާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން