ސްޓެވޯ ބްރޭންޑްގެ STW500 ގެ ފުރަތަމަ ޖަނަރޭޓަރު
ސްޓެވޯ ބްރޭންޑްގެ STW500 ގެ ފުރަތަމަ ޖަނަރޭޓަރު
ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ) އިން އެސެމްބަލް ކުރާ ސްޓެވޯ ބްރޭންޑްގެ ޖަނަރޭޓަރުތަކުގެ އައު މޮޑެލެއް އެސެމްބަލްކޮށް ބާޒާރަށް ނެރެން ތައްޔާރު ވެއްޖެއެވެ.

މިކަމާ ގުޅިގެން ސްޓެލްކޯއިން ބުނީ އެ ކުންފުނިން އެސެމްބަލް ކުރާ ސްޓެވޯ ބްރޭންޑްގެ އެސް ޓީ ޑަބްލިޔޫ 500 މޮޑެލްގެ ފުރަތަމަ ޖަނަރޭޓަރުގެ ލޯޑް އަދި ފަންކްޝަން ވަނީ ޓެސްޓްކޮށް ނިމިފައި ކަމަށެވެ. އެ ޖަނަރޭޓަރު މިހާރު ވަނީ ވ. ތިނަދޫއަށް ފޮނުވާލަން ތައްޔާރުވެފައި ކަމަށް ވެސް ސްޓެލްކޯއިން ބުނެފައި ވެއެވެ.



ސްޓެލްކޯ އިން ބުނީ މިހާތަނަށް އެކުންފުނިން ހަތަރު މޮޑެލްގެ ޖަނަރޭޓަރު ކުންފުނީގެ ވޯކްޝޮޕްގައި އެސެމްބަލް ކޮށްފައިވާ ކަމަށެވެ. އޭގެތެރޭގައި އެސް ޓީ ޑަބްލިޔޫ 300، އެސް ޓީ ޑަބްލިޔޫ 600، އެސް ޓީ ޑަބްލިޔޫ 500، އަދި އެސް ޓީ ޑަބްލިޔޫ 800 ހިމެނެއެވެ.

މިއާއެކު ސްޓެލްކޯއިން މިހާރު ވަނީ މި މޮޑެލްތަކުގެ ޖަނަރޭޓަރު ސެޓްތަކަށް އޯޑަރު ދިނުމުގެ ފުރުސަތު ވެސް ހުޅުވާލާފައެވެ. އެގޮތުން ސްޓެލްކޯއިން ގަންނަ ކޮންމެ ޖަނަރޭޓަރު ސެޓަކަަށްވެސް، ލޯކަލް ވޮރަންޓީއާއި، އާފްޓަރސޭލްސް ސާވިސްގެ ޚިދުމަތް ދޭނެކަމަށް އެކުންފުނިން ބުނެއެވެ. އަދި ކަސްޓަމަރ ބޭނުންވާނަމަ ޖަނަރޭޓަރ އިންސްޓޯލް ކޮށްދިނުމުގެ ހިދުމަތްވެސް ސްޓެވޯއިން ފޯރުކޮށްދޭނެ ކަމަށް އެ ކުންފުނިން ވަނީ ބުނެފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން