މޫސުމާއިބެހޭ ސަމިޓް، ކޮޕް 26ގައި ބައިވެރިވާ ރާއްޖޭގެ ވަފްދުގެ އެޑްވައިޒަރަކަށް ކުރީގެ އދ.ގެ އިންސާނީ ހައްގުތަކާބެހޭ ހައިކޮމިޝަނަރ ޕްރިންސް ޒައިދު ރާއަދު އަލް ހުސައިން އައްޔަންކޮށްފިއެވެ.

އޭނާ އެ މަޤާމަށް އައްޔަންކޮށްފައިވަނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހެވެ. އަދި ރައީސް ސާލިހު ވަނީ އިއްޔެ ގްލާސްގޯގައި ޒައިދު ރާއަދު އަލް ހުސައިންއާ ބައްދަލުކުރައްވާފައެވެ.

ކޮޕް ސަމިޓުގައި ރައީސް ސާލިހުގެ އިތުރުން، ރައީސް ނަޝީދާއި ސަރުކާރުގެ މަތީ ފަންތީގެ ވަފްދެއް ބައިވެރިވަޑައިގަންނަވައެވެ.



މޫސުމާބެހޭ ސަމިޓް، ކޮޕް 26ގައި ބައިވެރިވާ ރާއްޖޭގެ ވަފްދުގެ އެޑްވައިޒަރަކަށް ހަމަޖެއްސި އުރުދުންގެ ޕްރިންސް ޒައިދު ރާއަދު އަލް ހުސައިނަކީ ތަޖުރިބާކާރު ޑިޕްލޮމޭޓެކެވެ. އެގޮތުން އޭނާ ވަނީ އުރުދުނުން އެކި ޤައުމުތަކާއި ޖަމާއަތްތަކަށް ކަނޑައަޅައި ސަފީރުކަމުގެ މަޤާމާއި، އދ.ގެ އިންސާނީ ހައްގުތަކާ ބެހޭ ހައިކޮމިޝަނަރުގެ މަޤާމު އަދާކުރައްވާފައެވެ.

މީގެއިތުރުން އޭނާއަކީ މިހާރުވެސް ސައުތު އެފްރިކާގެ ކުރީގެ ރައީސް ނެލްސަން މަންޑޭލާ އުފައްދަވާފައިވާ އެލްޑާސް ޖަމިއްޔާގެ މެމްބަރެއްވެސްމެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން