އަންނަ އަހަރަށް ދައުލަތުން ލަފާކުރާ ބަޖެޓް ދިރާސާކުރައްވާ ކޮމިޓީގެ މުޤައްރިރަކަށް ކިނބިދޫ ދާއިރާގެ މެމްބަރު މުޙައްމަދު ނާޝިޒު ހަމަޖައްސައިފިއެވެ.

އަންނަ އަހަރަށް ދައުލަތުން ލަފާކުރާ ބަޖެޓް ދިރާސާކުރާ ކޮމިޓީގެ މުޤައްރިރަކަށް ކިނބިދޫ ދާއިރާގެ މެމްބަރު މުޙައްމަދު ނާޝިޒު ހަމަޖެއްސީ މިއަދު ބޭއްވި ބަޖެޓް ކޮމިޓީގެ ބައްދަލުވުމުގައެވެ.

ބަޖެޓް ކޮމިޓީއަކީ މާލިއްޔަތު ކޮމިޓީއާއި އިޤްތިޞާދީ ކޮމިޓީ އެއްކޮށްލައިގެން އުފައްދާފައިވާ ކޮމިޓީއެކެވެ.

މިއަދު ބޭއްވި ބަޖެޓް ކޮމިޓީގެ ބައްދަލުވުމުގައި މުޤައްރިރަކަށް ކިނބިދޫ ދާއިރާގެ މެމްބަރު މުޙައްމަދު ނާޝިޒު ކަނޑައެޅުމަށް ފާސްކޮށްފައިވަނީ ކޮމިޓީގައި ބައިވެރިވެ ވަޑައިގެންނެވި މެމްބަރުންގެ އިއްތިފާގުންނެވެ. އަދި ކޮމިޓީގެ ނައިބް މުޤައްރިރަކަށް ކަނޑައަޅާފައިވަނީ އަލިފުށި ދާއިރާގެ މެމްބަރު މުޙައްމަދު ރަޝީދު ހުސެއިނެވެ.

މިއަދުގެ ބައްދަލުވުމުގައި ގަވަރުނަރާއި، އޮޑިޓަރ ޖެނެރަލް ދެކޭ ގޮތް ސާފު ކުރުމަށް ލިޔުމުން ހޯދަން ވަނީ ފާސްކޮށްފައެވެ. އަދި މިލިޔުންތައް ލިބުމަށްފަހު ގަވަރުނަރާއި، އޮޑިޓަރ ޖެނެރަލާއި ބައްދަލު ކުރުމަށް ކޮމެޓީން ވަނީ ފާސްކޮށްފައެވެ. މީގެ އިތުރުން ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރާވެސް ބައްދަލު ކުރުމަށް ވަނީ ހަމަޖެހިފައެވެ.

އަންނަ އަހަރަށް ލަފާކޮށް ސަރުކާރުން ހުށަހަޅާފައިވަނީ 37 ބިލިޔަން ރުފިޔާގެ ޕްރޮގްރާމް ބަޖެޓެކެވެ. މަޖިލީހުގެ ތަޅުމުގައި ބަޖެޓުގެ ބަހުސް ފެށުމަށް ތާވަލް ކޮށްފައިވަނީ އަންނަ މަހުގެ 8 ވަނަ ދުވުހުއެވެ. ކޮމެޓީން ބަޖެޓު ދިރާސާކޮށް، އަންނަ މަހުގެ 18 ވަނަ ދުވަހު ތަޅުމަށް ހުށަހެޅުމަށް ވަނީ މުއްދަތު ކަނޑައަޅާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން