ޔުނައިޓެޑް ނޭޝަންސް ކްލައިމެޓް ޗޭންޖް ކޮންފަރެންސް، ކޮޕް26 ބައްދަލުވުމުގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ބައިވެރިވެވަޑައިގަތުމަކީ ބޮޑު އިސްރާފެއްކަމަށް ކުރީގެ ސައިންސް އަދި ޓެކްނޯލޮޖީ މިނިސްޓަރ މުހައްމަދު މަލީހް ޖަމާލު ވިދާޅުވެއްޖެއެވެ.

މަލީހު ވިދާޅުވީ މަޖިލިސް ރައީސް ތިމާވެށީގެ ކޮންފަރެންސަށް ގްލަސްގޯއަށް ވަޑައިގަތުމަކީ ދިވެހިރާއްޖޭގެ ވެރިކަމުގެ ނިޒަާމު ކަނޑައެޅިފައިވާ ގޮތުން ހަމަޖެހޭ ކަމެއް ނޫންކަމަށެވެ. އަދި އެއީ ބައިތުލްމާލުން އިސްރާފުކުރުންކަމަށާއި އަދި އެއީ ދޯހަޅި ވެރިކަމުގެ ސިފައެއްކަމަށްވެސް އޭނާ ވިދާޅުވިއެވެ.



"ވެރިކަމަށް އައީ ބައި ޖަހާލާފަ ޔޫރަޕަށް ޕާޓީކުރަން ދާކަށް ނޫން." މަލީހް ވިދާޅުވިއެވެ.

މީގެއިތުރުން މަލީހް ވިދާޅުވީ މަޖިލިސް ރައީސްކަމާއި މަޖިލިހުގެ މަސައްކަތަކީ ޕާޓް ޓައިމް ވަޒީފާއެއްކަމަށެވެ. އަދި އެވަރުގެ މަސައްކަތަކަށް މިހާރުދޭ މުސާރަ ބޮޑުކަމަށްވެސް މަލީހު ވިދާޅުވިއެވެ. މީގެއިތުރުން މަޖިލީހުގެ ރައީސަށް ގަނޑުވަރެއް އެޅުމަކީ އަމުދުން ބޯހަމަނުޖެހޭ ޒިންމާދާރުކަން ކުޑަ އަމަލެއްގެ ގޮތުގައި މަލީހް ވަނީ ސިފަކުރައްވާފައެވެ.



"އިސްރާފެއް. ވެރިކަން ނިމުނީމަ ގަނޑުވަރު ތަޅާ ބިމާ ހަމަކުރާނެ." މަލީހް ވިދާޅުވިއެވެ.

ކޮޕް ސަމިޓް ފެށިގެން ކުރިއަށްދާއިރު އެބައްދަލުވުމުގައި ރައީސް ސާލިހާއި ރައީސް ނަޝީދުގެ އިތުރުން، ސަރުކާރުގެ މަތީ ފަންތީގެ ވަފުދެއް ބައިވެރިވެވަޑައިގަންނަވައެވެ. ނަަމަވެސް މިކަމާއި ގުޅޭ ހަރަދާއި ގުޅޭގޮތުން ސަރުކާރުން އެއްވެސް ވާހަކައެއް ދައްކާފައެއް ނުވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން