އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލީހުގެ ވެބްސައިޓް މިއަދު އިފްތިތާޙް ކޮށްފިއެވެ.

މިވެބްސައިޓް އިފްތިތާޙްކުރީ އިސްލާމީ މަރުކަޒުގެ ހޯލުގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް ޑރ. އަޙްމަދު ޒާހިރު ޢަލީ އެވެ.

މިރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މިނިސްޓަރ ވަނީ ދީނީ ކަންކަމުގެ މަޢުލޫމާތު ރައްޔިތުންނަށް ފޯރުކޮށްދިނުމުގައި ފަތުވާދޭ އެންމެ މަތީ މަޖިލީހުން ވެބްސައިޓެއް ތައާރަފް ކުރުމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުވައިލަށްވާފައެވެ. އަދި ރައްޔިތުންނަށް ފަސޭހައިން ޚިދުމަތް ހޯދޭނެ އިންތިޒާމް، ވެބްސައިޓް މެދުވެރިކޮށް ހަމަޖެއްސުމަށް އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލީހުގެ މުވައްޒަފުންގެ ކިބައިން އެދިވަޑައިގެންނެވިއެވެ.

މިވެބްސައިޓުގައި އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލީހުން އާންމުކުރާ ފަތުވާތަކާއި އިސްތިޝާރީ ލަފާތަކާއި، ފޯރުކޮށްދޭ ޚިދުމަތްތަކުގެ އެންމެ ފަހުގެ މަޢުލޫމާތާއި ފޮޓޯއާއި، އަދި ޝާއިޢުކޮށްފައިވާ ފޮތްތައް ހިމެނިފައި ވެއެވެ. މި ވެބްސައިޓް ފަރުމާކޮށްފައިވަނީ ސްމާރޓް ފޯނުތަކާއި ޓެބްލެތްތަކުންނާއި އަދި ލެޕްޓޮޕާއި ކޮމްޕިޔުޓަރުންވެސް އުނދަގުލެއްނެތި ބެލޭ ގޮތަށެވެ.

މީގެއިތުރުން އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލީހުން ދެމުން ގެންދާ ޚިދުމަތްތަކާގުޅޭ ޚިޔާލާއި މަޝްވަރާ އަދި އެކިއެކި ދީނީ މައްސަލަތައް ސީދާ ވެބްސައިޓު މެދުވެރިކޮށް ހުށަހެޅޭނެ އިންތިޒާމް ވެސް މި ވެބްސައިޓުން ފަހިކޮށްދީފައި ވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން