އެސްޓީއޯގެ ސަބްސިޑަރީ ކުންފުނި، މޯލްޑިވްސް ސްޓޭޓް ޝިޕިން (އެމްއެސްއެސް) އިން ގަތް އާގު ބޯޓަކީ ތަރައްގީއަށް އެޅުނު މުހިންމު ފިޔަވަޅެއް ކަމަށް ސައިރިކްސް ކޮލެޖްގެ ޗެއަރމަން އަޙްމަދު ޝަރީފް ވިދާޅުވެއްޖެއެވެ.

އެސްޓީއޯގެ ސަބްސިޑިއަރީ ކުންފުނި، މޯލްޑިވްސް ސްޓޭޓް ޝިޕިންގް ކުންފުނިން ގަނެފައިވާ ބޯޓު އިއްޔެ ވަނީ ރާއްޖެ ގެނެސްފައެވެ. މިއީ އެމްއެސްއެސް އިން ގަނެގެން ގެނައި ފުރަތަމަ ބޯޓެވެ.

އެކަމާ ގުޅިގެން ސައިރިކްސް ކޮލެޖްގެ ޗެއަރމަން އަހުމަދު ޝަރީފް ވިދާޅުވީ، ‏މިއީ ތަރައްގީގެ ފިޔަވަޅެއް ކަމަށެވެ. އަދި ކުންފުނީގެ ސަބަބުން ރާއްޖެއަށް އެތެރެ ކުރެވޭ މުދަލުގެ އަގުހެޔޮވެގެންދާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށް ޝަރީފް ވިދާޅުވިއެވެ.





"ރާއްޖޭގެ އެތެރޭގެ ޑޮމަސްޓިކު ޕޯޓުތަކާއި މާލޭގެ ޕޯޓާއި ދެމެދު ޝެޑިއުލް ކާގޯ ބޯޓު ފަހަރު ހަމަޖެހުނީމަ އަތޮޅުތެރޭގެ ވިޔަފާރި ކުރިއަރާނެ." ދާދިފަހުން އުފެދުނު އެމްއެންޕީއާއި ގުޅިވަޑައިގެން ސިޔާސީ ދާއިރާއަށް ނުކުމެވަޑައިގެންނެވި ޝަރީފް ވިދާޅުވިއެވެ.

ރާއްޖޭގެ ގައުމީ ޝިޕިންގ ލައިން އުވިދިޔަތާ އަހަރުތަކެއް ފަހުން ރަައީސް އިބްރާހީމް މުހައްމަދު ޞާލިހުގެ ރިޔާސީ ވަޢުދުފުޅެއް ފުއްދެވުމަށް އަލުން ވުޖޫދުކުރެއްވި ގައުމީ އާގުބޯޓު ކުންފުނިން މި ބޯޓު ގެނައުމާއި ގުޅިގެން އެސްޓީއޯއިން ބުނެފައިވަނީ ލަންކާއަށް ގެންގޮސް، 680 ކޮންޓެއިނަރުގެ މިބޯޓުގެ ބްރޭންޑިން މަސައްކަތްތައް ނިންމުމަށް ފަހު، ބޯޓު ބޭނުން ކުރާނީ ލަންކާއާއި ރާއްޖެއާ ދެމެދުގައި ދަތުރުކުރުމަށް ކަމަށެވެ.

މި ބޯޓުގެ ކުރޫއިންގެ 99 އިންސައްތައަކީ ދިވެހިންކަން ވެސް ފާހަގަކޮށްލެވެއެވެެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން