ގދ. ތިނަދޫން ކޮވިޑުގެ ކޭސްތަކެއް މިއަދު ފެނިއްޖެ އެވެ.

ގދ. ތިނަދޫގައި ހުންނަ ޑރ އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލުން ބުނީ، މިއަދު ތިނަދޫން ފްލޫ ކްލިނިކަށް ދެއްކި ދެސާމްޕަލެއް ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވާ ކަމަށެވެ. އަދި ރެންޑަމް ސާމްޕަލެއްވެސް މިއަދު ޕޮޒިޓިވްވެފައިވާއިރު މިއަދު ތިނަދޫން ބައްޔަށް ޕޮޒިޓިވްވި މީހުންގެ ޖުމުލަ ވަނީ ތިނަކަށް އަރާފައެވެ.

ގދ. ތިނަދޫ އިން ކޮވިޑުގެ ކޭސްތަކެއް މިފެނުނީ އެރަށުގެ އާބާދީގެ ތެރެއިން ކޮވިޑް ކޭސްތަކެއް ނުފެންނަތާ ގިނަ ދުވަސްތަކަކަށްފަހުއެެވެ.

ކުރިއާ އަޅާބަލާއިރު މިހާރު އަތޮޅުތަކުގައި ކޯވިޑް ފެތުރޭ މިންވަރު ވަރަށް ބޮޑުތަން އިތުރުވަމުން އަންނަކަން ވަނީ ފާހަގަވެފައެވެ. އެގޮތުން މިހާރުވެސް ގިނަ ރަށްތަކެއް މޮނިޓަރިންގެ ހާލަތުގައި އޮތްކަން ފާހަގަކުރެވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން