މިސްކިތުގައި ނިދާ މީހުން އެކަނި ކުށްވެރި ކޮށްގެން މައްސަލައަށް ހައްލެއް ނުލިބޭނެކަމަށާއި ސަރުކާރުން އެކަމަށް އެކަށީގެންވާ ހައްލެއް ހޯދަން ޖެހޭކަމަށް މައްޗަންގޯޅީ ދެކުނު ދާއިރާގެ މެމްބަރު އަހުމަދު ޚައިތަމް ވިދާޅުވެއްޖެއެވެެ.

ސަރުކާރު ހިންގާ މައިޕާޓީ، އެމްޑީޕީގެ ޕާލިމެންޓްރީ ގުރޫޕްގެ މައްޗަންގޯޅީ ދެކުނު ދާއިރާގެ މެމްބަރު އަހުމަދު ޚައިތަމް މިހެން ވިދާޅުވީ، މަސްތުވާތަކެތި ބޭނުން ކުރާ ފަރާތްތައް މިސްކިތްތަކުގައި ނިދާ ހަދާ މައްސަލައިގައި ގިނަބަޔަކު ކަންބޮޑުވުން ފާޅުކުރަމުންދާ މައްސަލައަށް އަލިއަޅުއްވާލައްވަމުންނެވެ.

އެކަމާ ގުޅިގެން ގިނަ ބަޔަކު ކަންބޮޑުވުން ފާޅުކުރަމުން ގެންދާތީ ޚައިތަމް ވިދާޅުވީ، މަސްތުވާތަކެއްޗަށް ދެވިހިފާފައިވާ މީހުންނާއި ގެދޮރު ނެތް މީހުން މިސްކިތްތަކުގައި ނިދާ ހަދާ ކަމަށާއި، އެމައްސަލައިގައި އެމީހުން އެކަނި ކުށްވެރި ނުކުރެވޭނެ ކަމަށެވެ. އަދި މިކަމުގައި ސަރުކާރުން އަދާކުރާންޖެހޭ ޒިންމާ ތަކެއް ވެސް އެބައޮތް ކަމަށް ޚައިތަމް ވިދާޅުވިއެވެ.



އެގޮތުން މަސްތުވާތަކެތި ބޭނުންކުރާ މީހުން އަލުން އަބުރާ މުޖުތަމައަށް ގެނައުމަށް ރަނގަޅު ފަރުވާގެ ނިޒާމެެއް ގާއިމް ކުރަންޖެހޭ ކަމަށް ޚައިތަމް ވިދާޅުވިއެވެ. މީގެއިތުރުން ގެދޮރު ނެތި މަގުމަތިވެފައިވާ މީހުންނަށް ބޯހިޔާވަހިކަން ދޭނެ ތަނެއް ގާއިމުކޮށް ސަރުކާރުން އެމީހުންނަށް އެހީވާންޖެހޭ ކަމަށާއި، އެކަމަށް ސަރުކާރުގެ ތެރެއިން ހައްލެއް ހޯދައިދޭންޖެހޭ ކަމަށް ޚައިތަމް ވިދާޅުވިއެވެ.

ފުލުހުންގެ އިދާރާއިން ބުނީ މިސްކިތްތަކުގައި މަސްތުވާތަކެތި ބޭނުންކުރުމާއި ނިދައި، އެއްޗެހި ދޮވެ، މިސްކިތް ބޭނުން ކުރުން އެކަށީގެން ނުވާ އެހެނިހެން ބޭނުންތަކަށް މިސްކިތްތައް ބޭނުންކުރާ ކަމުގެ ޝަކުވާ ތަކުރާރުކޮށް ލިބެމުން އަންނަ ކަމަށެވެ. އަދި ކޮންމެ ރެޔަކު ވެސް މިސްކިތްތައް ބަލައި މިސްކިތް އެގޮތަށް ބޭނުން ކުރާ ފަރާތްތައް ފޮނުވާލުމުގެ އިތުރުން އެފަދަ މީހުން ފުލުހުންގެ ބެލުމުގެ ދަށަށް ގެންދެވޭނެ ހާލަތްތަކުގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސް މައްސަލަ ތަހުގީގު ކުރާ ކަމަށް ވެސް ފުލުހުން ބުނެއެވެ. ހަމައެއާއެކު އެ މައުލޫމާތު ކަމާ ގުޅުންހުރި އެހެނިހެން އިދާރާތަކާވެސް ހިއްސާކޮށް ހައްލެއް ހޯދުމަށް އެޅެން ހުރި ފިޔަވަޅުތައް އަޅަމުން އަންނަ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.


ކިޔުންތެރިންގެ ހިޔާލު


7

ނުރަބޯ

01-Nov-2021

ބަލަގަ މޮޔަޔާ. މާތްވެގެންވާ އިސްލާމްދީނަށް ފުރައްސާރަ ކުރުވި ސަރުކާރަކުން މިސްކިތްތައް ޙިމާޔަތް ކުރާނެތަ. ތިޔަބުނާ ސަރުކާރަށް ވާނެނަމަ މިހާރު ހުރިހާ މިސްކިތްތައް އުވާލައިފީސް.



ޓްރެންޑިން