އިދިކޮޅު ޕީއެންސީގެ ނައިބް ރައީސް އާދަމް ޝަރީފް އުމަރު
އިދިކޮޅު ޕީއެންސީގެ ނައިބް ރައީސް އާދަމް ޝަރީފް އުމަރު
ރ. މަޑުއްވަރީގައި ޕްރިންސިޕަލެއް ނެތް މައްސަލަ އިދިކޮޅު ޕީއެންސީގެ ނައިބް ރައީސް އާދަމް ޝަރީފް އުމަރު ރައްޔިތުންގެ މަޖިލީހަށް ހުށައަޅުއްވައިފިއެވެ.

މަޑުއްވަރީ ދާއިރާގެ މަޖިލިސް މެންބަރު އާދަމް ޝަރީފް އުމަރު މިއަދު މަޖިލީހަށް ހުށަހެޅުއްވި މައްސަލާގައި އެދިފައިވަނީ ރ. މަޑުއްވަރީ ސްކޫލްގައި ޕްރިންސިޕަލެއް ނެތި ގިނަ ދުވަސްތަކެއް ފާއިތުވެފައިވާތީ، ތަޢުލީމާބެހޭ ވަޒީރު ޑރ. އާއިޝަތު ޢަލީ އާއި ސުވާލު ކުރުމަށެވެ. މިއަހަރުގެ ކުރީކޮޅުން ފެށިގެން ރ. މަޑުއްވަރީ ސްކޫލް ހިނގަމުން އަންނަނީ ޕްރިންސިޕަލެއް ނެތިއެވެ.

އާދަމް ޝަރީފްގެ ސުވާލުގައިވަނީ ސްކޫލަށް ޕްރިންސިޕަލެއް ލިބޭނީ ކޮން ދުވަހަކުންތޯއާއި އެ ސްކޫލަށް ޕްރިންސިޕަލެއް ނުލިބިގެން އުޅޭ ސަބަބު ސާފުކުރުމަށް އެދޭ ކަމަށެވެ. އަދި ޕްރިންސިޕަލުން ނުލިބޭ ރަށްރަށާއި ޕްރިންސިޕަލުން ހަރުލުން ދަތި ރަށްރަށާއިމެދު މިނިސްޓްރީގެ ސިޔާސަތު ސާފުކުރުމަށްވެސް އާދަމް ޝަރީފް އެދިލައްވާފައިވެއެވެ.

އާދަމް ޝަރީފް ވިދާޅުވީ މެއި 2021 އިން ފެށިގެން މަޑުއްވަރީގައި ޕްރިންސިޕަލަކު ނެތް ކަމަށެވެ. އަދި ބައެއް ރަށްރަށަށް ހާޑްޝިޕް ޚާއްސަ އިނާޔަތެއް ހަމަޖައްސައިގެން ނަމަވެސް ރަނގަޅު ޕްރިންސިޕަލުން ތިބޭނެ ގޮތެއް ކޮންމެހެން ހަދަން ޖެހޭ ކަމަށް އޭނާ ވިދާޅުވިއެވެ.

ސަރުކާރު ސްކޫލުތަކުގެ ހިންގުން ހަރުދަނާކޮށް ސްކޫލުތަކަށް އެންމެ ޤާބިލު، އެކަށީގެންވާ ޕްރިންސިޕަލުން އައްޔަނު ކުރުމުގެ މަޤްސަދުގައި ސިވިލް ސާވިސް ކޮމިޝަނުން އެކުލަވާލައި އާންމުކޮށްފައިވާ ޕްރިންސިޕަލުންގެ ވަޒީފާއާ ބެހޭ އުސޫލްގައި ވާގޮތުން ޕްރިންސިޕަލުންގެ ޓެނުއާޝިޕް މުއްދަތަކީ ހަތަރު އަހަރެވެ. އަދި ވިދިވިދިގެން މެދުނުކެނޑި ޕްރިންސިޕަލްކަން އެއް ސްކޫލެއްގައި ކުރެވޭނީ އަށް އަހަރު ދުވަހަށެވެ.

މިހާތަނަށް އަމަލުކުރަމުން އައިގޮތަށް ބަލާއިރު، ސްކޫލަކަށް ޕްރިންސިޕަލަކު ހޯދަން އިއުލާނުކުރުމަށްފަހު އެ މީހަކާ އިންޓަވިއުކުރާނީ އެޑިއުކޭޝަން މިނިސްޓްރީގެ ޕެނަލަކުންނެވެ. އިންޓަވިއުތަކުން ފާސްވެއްޖެނަމަ އެ މީހަކު ޕްރިންސިޕަލްގެ މަގާމަށް ހޮވުނީ އެވެ. އިތުރު ޕެނަލެއް ނުވަތަ ކޮމިޓީއަކުން މަސައްކަތެއް ކުރާކަށް ނުޖެހޭނެ އެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން