އައްޑޫ އިކްއަޓޯރިއަލް ހޮސްޕިޓަލުން ދޭ ސިއްހީ ޚިދުމަތް ރަނގަޅު ކުރުމަށް ގޮވާލާ ރައްޔިތުންގެ ތެރެއިން ބަޔަކު ނުކުމެ މުޒާހަރާކޮށްފިއެވެ.

އައްޑޫ އިކްއަޓޯރިއަލް ހޮސްޕިޓަލުގެ ޚިދުމަތްތައް ބޮއްސުންލައި ޚިދުމަތް ދިނުން ލަސްވުމާއި އެކަށީގެންވާ އަވަސް ފަރުވާ ނުލިބޭ ކަމަށް ބުނެ އައްޑޫގެ އާންމު ރައްޔިތުންގެ ޝަކުވާތަކާއި ކަންބޮޑުވުންތައް ވަނީ އިތުރުވެފައެެވެ. އެކަމާ މެދު ހިތްހަމަ ނުޖެހުން ފާޅުކުރުމުގެ ގޮތުން އިއްޔެ އައްޑޫ ރައްޔިތުންގެ ތެރެއިން ބަޔަކު ނުކުމެ މުޒާހަރާކޮށްފައިވަނީ އައްޑޫގެ އިކްއަޓޯރިއަލް ހޮސްޕިޓަލް ކައިރީގައެވެ.

"އައްޑޫގެ ސިއްހީ ނިޒާމް ފުޑާލައިފި،" މިނަމުގައި ތަފާތު އެކި ޝުއޫރުތައް ލިޔެފައިވާ ބޯޑުތަކާއެކު ކުރި މިމުޒާހަރާގައި ވަނީ އެ ހޮސްޕިޓަލުގެ ޚިދުމަތްތައް މިހާރަށްވުރެ ރަނގަޅު ކުރުމަށް ގޮވާލާފައެވެ. އަދި ހޮސްޕިޓަލު ހިންގުމަށް ސަރުކާރުން އެކުލަވާލައިފައިވާ ބޯޑަށް ހޮސްޕިޓަލް ހިންގުމުގެ ޒިންމާ ނުއުފުލޭ ކަމަށް ބުނެ ބޯޑު ބަދަލުކޮށްދިނުމަށް ވެސް މި މުޒާހަރާގައި ބައިވެރިން ވަނީ ގޮވާލާފައެެވެ.

އައްޑޫގެ ހޮސްޕިޓަލުގެ ސިއްހީ ޚިދުމަތްތަކުގެ ފެންވަރާމެދު ހިތްހަމަނުޖެހުން ފާޅުކޮށް މުޒާހަރާކޮށްފައިވާއިރު ދާދިފަހުން އެ ހޮސްޕިޓަލަށް ގެންދިޔަ އެންމެ ތިންމަހުގެ ކުއްޖަކަށް ފަރުވާ ލަސްކުރި މައްސަލައެއް ވެސް ވަނީ ފެންމަތިވެފައެވެ. އެކުއްޖާގެ ހާލު ސީރިއަސްވެ މާލެ ގެނެސް އައިޖީއެމްއެޗްގައި ފަރުވާ ދެމުންދަނިކޮށް ވަނީ ނިޔާވެފައެވެ.

މީގެ އިތުރުން އައްޑޫ ސިޓީގައި ކޮވިޑް-19 ޖެހިގެން ނިޔާވި އަންހެނެއްގެ ގައިގައި އަނިޔާތަކެއް ހުރި މައްސަލައެއް ވެސް ވަނީ ދާދިފަހުން ފެންމަތިވެފައެެވެ. އެމައްސަލަ އާއިލާއިން ފުލުހުންނަށް ހުށައެޅުމާއި ގުޅިގެން ފުލުހުން ގެންދަނީ އެމައްސަލަ ތަހުގީގް ކުރަމުންނެެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން