ރޮނާލްޑޯގެ އާއިލާ
ރޮނާލްޑޯގެ އާއިލާ
ޕޯޗުގަލަށް ނިސްބަތްވާ ދުނިޔޭގެ އެންމެ މަޝަހޫރު ފުޓްބޯޅަ ކުޅުންތެރިޔާ ކްރިސްޓިއާނޯ ރޮނާލްޑޯއާއި އޭނާގެ ލޯބިވެރިޔާ ޖޯޖީނާއަށް އެއްމާބަނޑު ދެކުދިން ލިބެން އުޅޭކަން އިއުލާންކޮށްފިއެވެ.

ރޮނާލްޑޯ އިންސްޓަރގްރާމްގައި ކުރި ޕޯސްޓެއްގައި ބުނީ އޭނާގެ ލޯބިވެރިޔާ ޖޯޖީނާ އިނީ އެއްމާބަނޑު ދެކުދިންނަށް ބަލިވެކަމަށާއި، މިހާރުވެސް އޭނާ އާއި ޖޯޖީނާ އަންނަނީ އެއްމާބަނޑު ދެކުދިންނާ ބައްދަލުވާނެ އިރަކަށް އިންތިޒާރު ކުރަމުންކަމަށެވެ.

ރޮނާލްޑޯ އަށާއި، ޖޯޖީނާއަށް އެންމެ ފުރަތަމަ ދަރިއަކު ލިބުނީ 2017 ވަނަ އަހަރު އެވެ. އަދި 2010 ވަނަ އަހަރު ދަރިއަކު ލިބުނު ނަމަވެސް އޭނާގެ މަންމަ ވަނީ އެކަން ސިއްރުކޮށްފައެވެ. އޭގެ ފަހުން 2017 ވަނަ އަހަރު ސަރަގޭޓް މަންމައެއް ބޭނުންކޮށްގެން ވެސް (އެހެން އަންހެނެއްގެ ރަހިމުގައި ދަރިފަނި ދިރުވައިގެން ހޯދާ ދަރިން) ރޮނާލްޑޯއަށް ވަނީ އެއްމާބަނޑު ދެ ކުދިން ލިބިފައެވެ.

އުމުރުން 36 އަހަރުގެ ރޮނާލްޑޯ މީގެ ކުރިން މީޑިއާއަށް ދިން އިންޓަރވިއުއެއްގައި ބުނެފައިވަނީ އޭނާ ޖުމްލަ ހަތް ދަރިން ބޭނުންވާ ކަމަށެވެ. އެހެންކަމުން ހަތް ނަންބަރަކީ އޭނާގެ ހިތާ ގުޅިފައިވާ ނަންބަރެއް ކަމަށާއި، ހަތް ބެލެންޑޯ އެވޯޑް ވެސް ހޯދަން ބޭނުންވާ ކަމަށް މި އިންޓަރވިއުގައި ރޮނާލްޑޯ ބުނެފައިވެއެވެ.

ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު ފަސް ފަހަރު ހޯދާފައިވާ ރޮނާލްޑޯއަކީ ދުނިޔޭގައި ހުރި އެންމެ މުއްސަނދި ފުޓުބޯޅަ ކުޅުންތެރިޔާ ވެސް މެއެވެ. ރޮނާލްޑޯ އޭނާގެ ދަރިން ތަރުބިއްޔަތު ކުރުމުގައި ހަރުކަށި ކަމަށް މީޑިއާތަކުން ރިޕޯޓްކުރަނީ ރޮނާލްޑޯ އޭނާގެ ދަރިންނަށް ފޯނު ގެންގުޅުމަށާއި، ކެއުން ބައްޓަން ކުރަންވީ ގޮތުގައި ހަރުކަށި ގަވާއިދުތަކެއް ގެންގުޅޭތީކަމަށް ބުނެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން