ކެންސަރ ސޮސައިޓީން ބޭއްވި ފިންކް ރިބަން ރަން-ވޯކް ތެރެއިން
ކެންސަރ ސޮސައިޓީން ބޭއްވި ފިންކް ރިބަން ރަން-ވޯކް ތެރެއިން
ރާއްޖޭގެ ކެންސަރ ސޮސައިޓީގެ ފަރާތުން އުރަމަތީގެ ކެންސަރަށް މީހުން ހޭލުންތެރިކުރުވުމަށާއި ދުޅަހެޔޮ ސިއްހަތެއްގައި ހުރުމަށް ބާރުއެޅުމަށް އިންތިޒާމްކޮށްގެން ހިންގާ "ޕިންކް ރިބަން ރަން-ވޯކް" އަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ބޭންކް އޮފް މޯލްޑިވްސް، ބީއެމްއެލުން ނިންމައިފިއެވެ.

ކެންސަރު ސޮސައިޓީން ކެންސަރަށް ހޭލުންތެރިކަން އިތުރުކުރުމަށްކުރާ މަސައްކަތަށާއި ކެންސަރު ބަލީގައި ފަރުވާ ހޯދަމުންދާ ފަރާތްތަކާއި އެފަރާތްތަކުގެ އާއިލާތަކަށް ފޯރުކޮށްދެމުންދާ ސައިކޯސޯޝަލް ސަޕޯޓުގެ ހިދުމަތްތަކަށް އެހީވުމުގެ ގޮތުން ބޭންކުން ވަނީ އެ ޖަމިއްޔާއަށް 150،000 ރުފިޔާ ހަދިޔާކޮށްފައެވެ.

ކޮވިޑް-19 އާ ގުޅިގެން، މިދިޔަ އަހަރެކޭވެސް އެއްފަދައިން މިއަހަރުގެ އިވެންޓް ވެސް ކުރިޔަށް ދާނީ އޮންލައިން ޕްލެޓްފޯމް މެދުވެރިކޮށެވެ. މި އިވެންޓް މި މަސް ނިމެންދެން ކުރިޔަށް ދާއިރު، ބައިވެރިންނަށް ކޮންމެ ތަނެއްގައި ހުރެގެންވެސް ވެބްސައިޓް މެދުވެރިކޮށް ރަޖިސްޓަރ ކުރުމަށްފަހު ބޭންކުން ކަނޑައަޅާފައިވާ ޕޭމަންޓް ނިޒާމުގެ ދަށުން ކެންސަރ ސޮސައިޓީއަށް ފައިސާގެ އެހީތެރިކަން ދެވޭނެ އިންޒިތާމް ވަނީ ހަމަޖެހިފައެވެ.

"ކެންސަރ ސޮސައިޓީ އޮފް މޯލްޑިވްސް އިން ކުރާ މަސައްކަތުގައި ހަވަނަ އަހަރުވެސް ބައިވެރިވެ އެހީތެރިކަން ފޯރުކޮށްދެވޭކަމީ އަޅުގަނޑުމެންނަށް ލިބޭ އުފަލެއް. ސީއެސްއެމް އިން ހިންގާ ވަރޗުއަލް އިވެންޓަކީ ގިނަ މީހުންގެ ބައިވެރިވުން އިތުރުކުރުމާއި، ހޭލުންތެރިކަން ފޯރުކޮށްދިނުމުގެ އިތުރުން ކެންސަރު ބަލިން ރައްކާތެރިވުމަށް ކުރެވިދާނެ ކަންކަން މީހުންނަށް އަންގައިދިނުމަށް ބޭއްވޭ މުހިންމު އިވެންޓެއް. މި ހަރަކާތުގެ އެންމެހާ ބައިވެރިންނަށް މަރުހަބާ ކިޔަން." މިކަމާ ގުޅޭ ގޮތުން ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިންގ ޑައިރެކްޓަރ ޓިމް ސޯޔަރ ވިދާޅުވިއެވެ.



މި ޕާރޓްނާޝިޕް ގެ ދަށުން ކެންސަރ ސޮސައިޓީން ވަނީ ބީއެމްއެލް ގެ މުވައްޒަފުންނަށް ހިލޭ ކެންސަރ ސްކްރީން ޕްރޮގްރާމެއް ބާއްވާފައެވެ. ބަލިން ރައްކާތެރިވުމަށް ޓެސްޓު ކުރުމާއި ބަލި ޖެހުމުގެ ކުރިން ދެނެގަތުގެ މުހިންމުކަން މުވައްޒަފުންނަށް ކިޔާދިނުމަށް މައުލޫމާތު ސެޝަންތަކެއް ހިންގުމަށްވެސް ވަނީ ހަމަޖެހިފައެވެ. 2016 ވަނަ އަހަރުން ފެށިގެން ބޭންކް އޮފް މޯލްޑިވްސް ދަނީ އެޖަމިއްޔާއަށާއި އަދި ޕިންކް ރިބަން ރަން-ވޯކް އަށް އެހީތެރިކަން ފޯރުކޮށްދެމުންނެެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން