ޒިނޭގެ ކުށް ސާބިތުކުރުމަށްޓަކައި ޑީއެންއޭއަކީ ހެއްކެއްގެ ގޮތުގައި ބޭނުންކުރެވިދާނެކަމަށް ސުޕްރީމް ކޯޓުން ކަނޑައެޅުމާއި ގުޅިގެން މޯލްޑިވްސް ރިފޯމް މޫވްމަންޓް، އެމްއާރްއެމުން އެކަމަށް މަރުހަބާ ކިޔައިފިއެވެ.

ޒިނޭގެ ކުށް ސާބިތުކުރުމަށްޓަކައި ޑީއެންއޭއަކީ ހެއްކެއްގެ ގޮތުގައި ބޭނުންކުރެވިދާނެކަމަށް ސުޕްރީމް ކޯޓުން ކަނޑައަޅާފައިވަނީ ފިރިހެނެއްގެ މައްޗަށް އުފުލި ޒިނޭ ކުރުމުގެ ދައުވާ ސާބިތުނުވާކަމަށް ކުޑަހުވަދޫ މެޖިސްޓްރޭޓް ކޯޓުން ނިންމި މައްސަލައަށް ހައިކޯޓުންވެސް ތާއީދުކޮށްފައިވަނިކޮށް ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން އެމައްސަލަ ސުޕްރީމް ކޯޓުގައި އިސްތިއުނާފްކުރުމުންނެވެ.

ޒިނޭގެ ކުށް ސާބިތުކުރުމަށްޓަކައި ޑީއެންއޭއަކީ ހެއްކެއްގެ ގޮތުގައި ބޭނުންކުރެވިދާނެކަމަށް ސުޕްރީމް ކޯޓުން ކަނޑައެޅުމާއި ގުޅިގެން ރައީސް މައުމޫން ޢަބްދުލްގައްޔޫމުގެ ޒަޢީމު ކަމުގައި ހިންގާ އެމްއާރްއެމުން ބުނީ ޑީއެންއޭ ހެއްކަކީ ކުށް ސާބިތުކުރުމަށް ބޭނުންކުރެވިދާނޭ ހެއްކެއް ކަމަށް ކަނޑައެޅުމާއިއެކު، އަންހެނުންނާއި ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކޮށް، މިފަދަ މައްސަލަތަކުގައި ހަމަހަމަ ކަމާއިއެކު އިންސާފު ޤާއިމް ކުރުމަށް މިއީ އެޅުނު ތާރީޚީ ފިޔަވަޅެއްކަމަށެވެ. އަދި އެ ޕާޓީން އެކަމަށް މަރުހަބާ ކިޔާކަމަށް ބުންޏެވެ.

"ޑީއެންއޭ ހެއްކަކީ ކުށް ސާބިތުކުރުމަށް ބޭނުންކުރެވިދާނޭ ހެއްކެއް ކަމަށް ކަނޑައަޅައެޅުމާއިއެކު، އަންހެނުންނާއި ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކޮށް، މިފަދަ މައްސަލަތަކުގައި ހަމަހަމަ ކަމާއިއެކު އިންސާފު ޤާއިމް ކުރުމަށް މި އެޅުނު ތާރީޚީ ފިޔަވަޅަށް މި ޕާޓީން މަރުޙަބާ ކިޔަން." އެމްއާރުއެމުން ބުނެފައި ވެއެވެ.

މިމައްސަލައިގައި ދަށު ކޯޓުން ހުކުމްކޮށްފައި ވަނީ ޒިނޭގެ ކުށް ސާބިތުކުރެވޭނީ 4 ފިރިހެނުންގެ ހެކިބަހުން ނުވަތަ އަމިއްލަ އިއުތިރާފުންކަމަށެވެ. އަދި ޑީއެންއޭއަކީ ޒިނޭގެ ކުށް ސާބިތުކުރުމަށް ހުށަހެޅޭނެ ހެއްކެއް ނޫންކަމަށް ދަށު ކޯޓުގެ ހުކުމުގައިވެއެވެ.

މިމައްސަލަ ހައިކޯޓުގައި އިސްތިއުނާފްކުރުމުން ދަށު ކޯޓުގެ ހުކުމަށް ހައިކޯޓުން ވެސް ވަނީ ތާއީދުކޮށްފައެވެ.

ނަމަވެސް މިމައްސަ ޕީޖީން ސުޕްރީމް ކޯޓުގައި އިސްތިއުނާފްކުރުމުން، ސުޕްރީމް ކޯޓުން މިއަދު ކުރި ހުކުމުގައި ބުނީ ޒިނޭގެ ކުށް ސާބިތުކުރުމަށް ޑީއެންއޭ ހެކި ބޭނުންކުރެވޭނެކަމަށެވެ. އަދި ދަށު ކޯޓާއި ހައިކޯޓުގެ ހުކުމް ބާތިލުކުރުމަށާއި ޑީއެންއޭ ހެއްކަކީ އެއަށް ބާރުދެނިވި ހަރުދަނާ ގަރީނާ ހުރިނަމަ ބަލައިގަންނަންޖެހޭ ހެއްކެއްކަމަށެވެ. މީގެއިތުރުން ޒިނޭގެ ކުށުގެ ދައުވާ އުފުލި މީހާގެ މައްސަލަ އަލުން ބެލުމަށްވެސް ސުޕްރީމް ކޯޓުގެ ހުކުމުގައިވެއެވެ.

މިމައްސަލަ ބެއްލެވި ސުޕްރީމް ކޯޓުގެ ބެންޗުގައި ހިމެނެނީ ފަނޑިޔާރު ހުސްނުއްސޫއުދާއި، ފަނޑިޔާރު އަޒްމިރާލްދާ ޒާހިރު އަދި ފަނޑިޔާރު އައިޝާ ޝުޖޫނެވެ.


ކިޔުންތެރިންގެ ހިޔާލު


0

އިސްހާގު

28-Oct-2021

މައުމޫނު ކަލޭ މުސްކުޅިވެ މަރާ ކައިރިވެފައި ވަނިކޮށް ވެސް ﷲ ގެ ޝަރީއަތާ ދެކޮޅުވެރިތިވަނީ. ކޮންފަދަ ބޮޑު އަބާއްޖަވެރިއެއް ކަލޭތީ



ޓްރެންޑިން