ބޭންކް އޮފް މޯލްޑިވްސްގެ ޑިރެކްޓަރުންގެ ބޯޑަށް އައު ޑިރެކްޓަރުން ހޮވައިފިއެވެ.

ބީއެމްއެލުން ބުނީ މިއަދު ހެނދުނު ބޭއްވި ބޭންކުގެ ޚާއްސަގޮތުން ކުރާ އާންމު ޖަލްސާ (އީ.ޖީ.އެމް) ގައި ސަރުކާރުގެ ފަރާތުން އައްޔަންކުރުމަށް ހުށަހަޅާފައިވާ ޢާއިޝަތު ސަޖްނީ، ތަރިވިދާގެ، ސ. ހިތަދޫ، ޑިރެކްޓަރުންގެ ބޯޑަށް އައްޔަންކޮށްފައިވާކަމަށެވެ. މީގެ އިތުރުން، އާންމު ހިއްސާދާރުންގެ ފަރާތުން އަބްދުالله ނަސީމް، ކަރަންކާވިލާ، ހއ. ފިއްލަދޫ ވެސް ބޯޑަށް އައްޔަންކޮށްފައިވާކަމަށް ބީއެމްއެލުން ބުނެފައި ވެއެވެ.

މިއާއެކު ސަރުކާރުގެ ފަރާތުން ބީއެމްއެލް ބޯޑަށް ހުށަހަޅާ އަދި އައްޔަންކޮށްފައިވާ ޑިރެކްޓަރުން؛

1.. ރ. ޓިމޮތީ ސޯޔަރ (ޗީފް އެގްޒެކެޓިވް އޮފިސަރ އަދި މެނޭޖިންގ ޑިރެކްޓަރ)

2. ޢާއިޝަތު ނޫރައްދީން، މ. ތާނގީދޮށުގެ

3. ޔޫޝަޢު ސަޢީދު، ހ. ސޭންޑީ ބީޗް

4. ޖުވައިރިޔާ ސަޢީދު، މއ. ކޮށީގެ

5. ޢަބްދުﷲ ޙަސަން، ނަސީމާ މަންޒިލް، ރ. އަލިފުށި

6. ޢަބްދުﷲ ޙުސާމް ޝަރީފް، ޑިގުވާންޑު، ސަވާ، ޏ.ފުވައްމުލައް

7. މުޙައްމަދު ޝަރާޙް، ކޮތަންގެ، ގދ. ފިއޯރީ

8. ޢާއިޝަތު ސަޖްނީ، ތަރިވިދާގެ، ސ. ހިތަދޫ



އާންމު ހިއްސާދާރުންގެ ފަރާތުން އިންތިޚާބުކޮށްފައިވާ 3 ޑިރެކްޓަރު؛

1. އިބްރާހީމް މުޙައްމަދު، ނެލުމް، ނ. ހޮޅުދޫ

2. އަޙްމަދު މުޙައްމަދު، ގ. އުފާ

3. އަބްދުالله ނަސީމް، ކަރަންކާ ވިލާ، ހއ. ފިއްލަދޫ


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން