ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު މިއަދު ބައްދަލުކުރައްވައި ބައެއް ކަންކަމާ މަޝްވަރާކުރައްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު މެންދުރު ކުރީގައި ބޭއްވެވި މި ބައްދަލުކުރެއްވުމުގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދާއި ރައީސުލްޖުމްހޫރިއްޔާ ވަނީ ރާއްޖޭގެ އިޤްތިޞާދީ ދާއިރާގެ ކަންކަމާ ބެހެގޮތުންނާނި އަދި ތިމާވެއްޓަށް އަންނަ ބަދަލުތަކާއި، ތިމާވެށި ޙިމާޔަތްކުރުމާ ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާކުރައްވާފައެވެ.

މީގެއިތުރުން ވެސް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު ވަނީ ރާއްޖޭގެވެރިކަމުގެ ނިޒާމް ބަދަލުކުރުމާއި ގުޅޭގޮތުން ވެސް ރައީސުލްޖުމްހުރިއްޔާއާއި މަޝްވަރާ ކުރައްވާ ޚިޔާލު ބަދަލުކުރައްވާފައެވެ.

ފާހަގަކޮށްލެވޭ ގޮތުގައި ރައީސް ނަޝީދާއި ރައީސް ސާލިހު ބައްދަލުކުރައްވާ މަޝްވަރާކުރައްވާފައި މިވަނީ ދެ ބޭފުޅުންގެ ގުޅުން ގޯސްވެފައި އޮތުމަށްފަހު އަނެއްކާވެސް އެ ގުޅުން ރަނގަޅުވަމުންދާކަމަށް ބައެއް ފަރާތްތަކުން ބުނަމުންދާ ދަނޑިވަޅެއްގައެވެ. އެގޮތުން ބޭސް ފަރުވާއަށްފަހު ރައީސް ނަޝީދު މާލެ ވަޑައިގަތުމުން އެއަރޕޯޓުން ރައީސް ނަޝީދަށް މަރުހަބާ ދެންނެވީ ސީދާ ރައީސް ސާލިހެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން