ރާއްޖޭގެ ވައިގެ ދަތުރުފަތުރުގެ ދާއިރާގެ ހާލަތު ރަނގަޅުވަމުންދާކަމަށް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަން މިނިސްޓަރު އާއިޝަތު ނަހުލާ ވިދާޅުވެއްޖެއެެވެ.
އެކަމަނާ މިހެން ވިދާޅުވީ، ކޮވިޑް-19އާ ގުޅޭ ހައި-ލެވެލް ކޮންފަރެންސްގައި ވާހަކަފުޅު ދައްކަވަމުންނެެވެ. ޓްރާންސްޕޯޓް މިނިސްޓަރު އާއިޝަތު ނަހުލާ ވިދާޅުވީ، ގޮންޖެހުންތަކެއް ހުރި ނަމަވެސް، ރާއްޖޭގެ ވައިގެ ދަތުރުފަތުރުގެ ދާއިރާގެ ހާލަތު މިހާރު ރަނގަޅުވަމުން އަންނަ ކަމަށެވެ. އެގޮތުން މިއަހަރުގެ ޖެނުއަރީ މަހުން ފެށިގެން އޯގަސްޓު މަހުގެ 21ގެ ނިޔަލަށް އޭވިއޭޝަން ދާއިރާގެ ހާލަތު 65 ޕަސެންޓް ރަނގަޅުވެފައިވާ ކަމަށް ތަފާސް ހިސާބުތަކާއި ހަވާލާ ދެއްވައި އެކަމަނާ ވަނީ ފާހަަގަކުރައްވާފައެެވެ.
މީގެ އިތުރުން މިނިސްޓަރު ނަހުލާ ވަނީ މުޅި ދުނިޔެއަށް ކުރިމަތިވި ކޮވިޑް-19ގެ ބަލިމަޑުކަމުން ދަސްވި ފިލާވަޅުތައް އެއްބަޔަކު އަނެއް ބަޔަކާ ހިއްސާކޮށް، ގައުމުތަކުން ގުޅިގެން މަސައްކަތްކުރުމަށް ގޮވާލައްވާފައެވެެ. ނަހުލާ ވިދާޅުވީ، ކޮވިޑުން އަރައިގަތުމަށް ކުރަމުންދާ މަސައްކަތުގައި އިންޓަނޭޝަނަލް ސިވިލް އޭވިއޭޝަން އޯގަނައިޒޭޝަން (އައިކާއޯ) ގެ އިރުޝާދާއި ހުށަހެޅުންތައް ބޭނުންކުރަމުން ގެންދާ ކަމަށެވެ.
އޭގެ މައްޗަށް ބިނާކޮށް، ދިވެހި ސިވިލް އޭވިއޭޝަން އޮތޯރިޓީއަށާއި ރާއްޖޭގެ އެއާޕޯޓުތަކަށާއި އެއާލައިން އޮޕަރޭޓަރުންނަށާއި އަދި އޭވިއޭޝަން ސެކިއުރިޓީއަށް އެހީތެރިވުމަށްޓަކައި އަމިއްލައަށް ގައިޑެންސް މެޓީރިއަލް ނެރެފައިވާ ކަމަށް ނަހުލާ ވިދާޅުވިއެވެ. ކޮވިޑުން ދަސްވި އެންމެ މުހިންމު އެއް ފިލާވަޅަކީ ގައުމީ ފެންވަރުގެ ސޭފްޓީ ރިސްކް މެނޭޖްމަންޓެއްގެ މުހިންމުކަން ކަމަށް މިނިސްޓަރު ނަހުލާ ވިދާޅުވިއެވެ.

Minister @aishath_nahula delivered her statement at the @ICAO High-level Conference on COVID-19. She called on all member states to share the learned lessons from the pandemic, work together and build back stronger, together as one. #HLCC2021 pic.twitter.com/TSS0Q2ci4w
— Ministry of Transport and Civil Aviation (@MoTCAmv) October 22, 2021
މީގެ އިތުރުން މިނިސްޓަރު ނަހުލާ ވަނީ މުޅި ދުނިޔެއަށް ކުރިމަތިވި ކޮވިޑް-19ގެ ބަލިމަޑުކަމުން ދަސްވި ފިލާވަޅުތައް އެއްބަޔަކު އަނެއް ބަޔަކާ ހިއްސާކޮށް، ގައުމުތަކުން ގުޅިގެން މަސައްކަތްކުރުމަށް ގޮވާލައްވާފައެވެެ. ނަހުލާ ވިދާޅުވީ، ކޮވިޑުން އަރައިގަތުމަށް ކުރަމުންދާ މަސައްކަތުގައި އިންޓަނޭޝަނަލް ސިވިލް އޭވިއޭޝަން އޯގަނައިޒޭޝަން (އައިކާއޯ) ގެ އިރުޝާދާއި ހުށަހެޅުންތައް ބޭނުންކުރަމުން ގެންދާ ކަމަށެވެ.
އޭގެ މައްޗަށް ބިނާކޮށް، ދިވެހި ސިވިލް އޭވިއޭޝަން އޮތޯރިޓީއަށާއި ރާއްޖޭގެ އެއާޕޯޓުތަކަށާއި އެއާލައިން އޮޕަރޭޓަރުންނަށާއި އަދި އޭވިއޭޝަން ސެކިއުރިޓީއަށް އެހީތެރިވުމަށްޓަކައި އަމިއްލައަށް ގައިޑެންސް މެޓީރިއަލް ނެރެފައިވާ ކަމަށް ނަހުލާ ވިދާޅުވިއެވެ. ކޮވިޑުން ދަސްވި އެންމެ މުހިންމު އެއް ފިލާވަޅަކީ ގައުމީ ފެންވަރުގެ ސޭފްޓީ ރިސްކް މެނޭޖްމަންޓެއްގެ މުހިންމުކަން ކަމަށް މިނިސްޓަރު ނަހުލާ ވިދާޅުވިއެވެ.
ކިޔުންތެރިންގެ ހިޔާލު