އައްޑޫ ސިޓީ ހަންކެޑެ ވަކިކޮށް، ގައުކެނޑިން މަރަދޫއަށް އަޅާ ބްރިޖުގެ މަސައްކަތް ފަށައިފިއެވެ.

މިއީ ހަތަރު ލޭނު ހިމެނޭހެން، 1.4 ކިލޯމީޓަރުގެ ދިގު ބްރިޖެކެވެ. އައްޑޫ ސިޓީ ހަންކެޑެ ވަކިކޮށް، ގައުކެނޑިން މަރަދޫއަށް އަޅާ ބްރިޖުގެ މަސައްކަތުގެ މައިގަނޑު ބޭނުމަކީ ހަންކެޑެގައި ރިޒޯޓެއް ތަރައްގީ ކުރުމަށް މަގުފަހި ކުރުމެވެ. އެ ރިސޯޓް ހިންގަން މަސައްކަތްކުރާތާ މިހާރު 18 ވަރަކަށް އަހަރުވެއްޖެއެވެ. ނަމަވެސް މިހާތަނަށް އެމަސައްކަތް ކާމިޔާބުވެފައެއް ނުވެއެވެ. ނަމަވެސް ހަންކެޑެގައި ރިސޯޓެއް ތަރައްގީކުރުމަކީ ރައީސް އިބްރާހީމް މުޙައްމަދު ޞާލިހުގެ ވައުދުފުޅެއްކަން ފާހަގަކޮށްލެވެއެވެ.



އައްޑޫ ސިޓީގެ މޭޔަރ އަލީ ނިޒާރު "ރަސް އޮންލައިން" އާއި ވާހަކަ ދައްކަވަމުން ވިދާޅުވީ މިއީ އައްޑޫ ސިޓީގެ މުޅި މަންޒަރު ބަދަލުވެގެންދާނެ ފުރިހަަމަ މަސައްކަތަކަށް ވާނެކަމަށެވެ.

"މިހާރު ފެށިގެން ކުރިއަށް އެދަނީ ބްރިޖްގެ މަސައްކަތް. އައްޑޫ ސިޓީއަށް ރައީސް ވެވަޑައިގެންނެވި ވައުދުތައް ފުދިގެން އެދަނީ. ދެން އިރާދަކުރެއްވިއްޔާ ހުއްޓުމެއް ނެތި ދާނީ ކުރިއަށް." އައްޑޫ ސިޓީގެ މޭޔަރު ވިދާޅުވިއެވެ.

އައްޑޫ ސިޓީ ކައުންސިލުން މީގެކުރިން ބުނެފައިވަނީ މޮނޯރެއިލް ލޭނަކާއެކު އައްޑޫ ލިންކް ރޯޑް ތަރައްޤީކުރުމުގެ މަސައްކަތަކީ އުއްމީދީ ޕްރޮޖެކްޓެއްކަމަށެވެ. މީގެއިތުރުން އައްޑޫ ތަރައްޤީކުރުމުގެ މަޝްރޫޢުގެ ދަށުން ގަން އެއަރޕޯޓުން ހިތަދޫ އޮޑައްސަލާ ހަމައަށް ލިންކްރޯޑް ހަތަރު ލޭނަށް ފުޅާ ކުރުމުގެ ޕްރޮޖެކްޓެއް ވަނީ ރޭވިފައެވެ.

އައްޑޫ މަގު ހެދުމުގެ މަސައްކަތް ކުރިއަށްދާއިރު މައި މަގުތަކުގައި ތާރުއަޅާނެ ކަަމަށާއި، ކުދި ގޯޅިތަކުގައި ސަބްބޭސް ހެދުމަށްފަހު އަޅާނީ ކޮންކްރީޓު ކަމަށް މައުލޫމާތު ލިބިފައި ވެއެވެ. އަދި މަގުތަކުގައި ފެންހިންދާ ނިޒާމްވެސް ޤާއިމްކުރާނެއެވެ.

މީގެއިތުރުން ހުރިހާ މަގެއްގައި މަގުބައްތި ހަރުކޮށް ސީސީޓީވީ ވެސް ހަރުކުރާނެ ކަމަށާއި، ބަސް ސްޓޮޕް ތަކާއި، މަގުމަތީ ފާހަގަތައްވެސް ކުރަހާނެކަމަށް ސިޓީ ކައުންސިލުން ބުނެފައި ވެއެވެ.

އައްޑޫ ސިޓީގެ ފެންހިންދާ ނިޒާމާއިއެކު، އައު ދެވަނަ ލިންކް ރޯޑެއް ޤާއިމުކުރުމާއި، 40 ކިލޯމީޓަރުގެ މަގުހެދުމުގެ މަޝްރޫއު ވަނީ 1.19 ބިލިޔަން ރުފިޔާއަށް އިންޑިއާގެ ކުންފުންޏަކާއި ހަވާލު ކޮށްފައެވެ. އަދި މިމަސައްކަތް 730 ދުވަހުން ނިންމުމަށް އެ އެއްބަސްވުމުގައި ވަނީ ކަނޑައަޅާފައެވެ.

މި ސަރުކާރު އައިފަހުން އައްޑޫގައި ތަރައްޤީގެ ގިނަ ޕްރޮޖެކްޓްތަކެއް ހިންގަމުންދާއިރު، އިންޑިއާ ސަރުކާރުގެ ހައި އިމްޕެކްޓް ކޮމިޔުނިޓީ ޑިވެލޮޕްމަންޓް ޕްރޮޖެކްޓްސްގެ ދަށުން އައްޑޫގައި ގޭދޮށު މަސް ޕްލާންޓް ޤާއިމްކުރުމުގެ މަސައްކަތްވެސް މިހާރު ވަނީ ފަށާފައެވެ. އެގޮތުން އައްޑޫސިޓީގެ ހިތަދޫ، ހުޅުދޫމީދޫ އަދި މަރަދޫގައި ގޭދޮށު މަސްޕްލާންޓްތައް ޤާޢިމުކުރުމަށް ވަނީ ހަމަޖެހިފައެވެ.




ކިޔުންތެރިންގެ ހިޔާލު


-12

ޢަފީފު

24-Oct-2021

އެއްވިޔަސްމީހަކާއް ހެއިކެނޑިގެން ނިދިއްވޭހެއް ހުއްޓުވަފެއި ވައްޓަލާށިޔަ


4

ދިދަ ދަނޑި

23-Oct-2021

ދެން ހަންކެނޑެ ބްރިޖްގައި ހކނޑގނ ދުއްވާނީއެއްނޫން….



ޓްރެންޑިން