އިންޑިއާގައި މިހާރުކުރިއަށްދާ ކޮވިޑުން ރައްކާތެރިވުމަށް ހިންގާ ވެކްސިން ޖެހުމުގެ ކެމްޕޭނުގެ ދަށުން، ވެކްސިނުގެ އެއްބިލިއަން ޑޯޒު ދިނުމާއެކު މުޅި ދުނިޔޭގެ ތައުރީފު އިންޑިއާއަށް ލިބިއްޖެއެވެ.

މީގެ 10 ވަރަކަށް މަސްދުވަސް ކުރިން ފެށި އިންޑިއާގެ ވެކްސިން ކެމްޕޭނުގެ ދަށުން ވެކްސިނުގެ އެއްބިލިއަން ޑޯޒަށް ވާސިލުވެފައިވަނީ މިދިޔަ ބުރާސްފަތި ދުވަހުއެވެ. މިކަން ފާހަގަކުރައްވައި ޓްވީޓްކުރައްވަމުން އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ ވަނީ އިންޑިއާގެ ނަރުހުންނާއި ޑޮކްޓަރުންނަށް މަރުހަބާ ވިދާޅުވެފައެވެ. އަދި މިއީ ތާރީޙީ ކާމިޔާބީއެއްކަމަށް މޯދީ ފާހަގަކުރައްވާފައިވެއެވެ.

އިންޑިއާގެ މިކާމިޔާބީއާއެކު ކޮވިޑު ބަލިން ރައްކާތެރިވުމަށް އިންޑިއާއިން ކުރަމުންދާ މަސައްކަތް ފާހަގަކޮށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާގެ ޑިރެކްޓަރ ޖެނެރަލް ޓެޑްރޮސް އަދަނަމް ވަނީ އިންޑިއާގެ ސިއްހީ އެހީތެރިންނަށް ޝުކުރުދަންނަވައި، ބޮޑުވަޒީރު ނަރެންދްރަ މޯދީއަށް ތަޢުރީފް ކުރައްވާފައެވެ.

މީގެއިތުރުން، އިންޑިއާގެ އަވަށްޓެރި ސްރީލަންކާ، ދިވެހިރާއްޖެ، ބޫޓާންގެ އިތުރުން އެފްރީކާ ބައްރުން މަލާވީ އަދި އިޒްރާއީލުންވެސް ވަނީ އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީއަށް ތަޢުރީފް ކުރައްވާފައެވެ.


ކިޔުންތެރިންގެ ހިޔާލު


6

މޯދީ

23-Oct-2021

ވެކްސިން ބައްކޮށްގެން ތިބޭ މުއްސަނދި ގައުމުތަކުން ބިލައަން ކީއްކުރަން އެއައްވުރެއްވެސ ގިނައިން ވެކްސިން ދެވޭނެ



ޓްރެންޑިން