ސްރީލަންކާ އަންހެނަކު އެއްމާބަނޑު ހަކުދިން ވިހައިފިއެވެ.

ސްރީލަންކާއަށް ނިސްބަތްވާ އުމުރުން 31 އަހަރުގެ މިއަންހެންމީހާ އެއްމާބަނޑު ހަކުދިން ވިހާފައިވަނީ މިދިޔަ ބުރާސްފަތި ދުވަހު ނައިންވެލްސް ހޮސްޕިޓަލުގައެވެ. މިއީ ސްރީލަންކާގައި އެއްމާބަނޑު ހަ ކުދިން އަންހެނަކު ވިހެއި ފުރަތަމަ ފަހަރެވެ.

ސިޒޭރިއަން ހަދައި މިހަކުދިން ނެގިއިރު، އެންމެ ބަރު ކުއްޖާގެ ބަރުދަނުގައި 1.6 ކިލޯ ހުރިކަމަށް ހޮސްޕިޓަލުން ހާމަކޮށްފައިވެއެވެ. އަދި އެންމެ ލުއިކުއްޖާގެ ބަރުދަނުގައި 900 ގްރާމް ހުރިކަމަށް ހޮސްޕިޓަލުން ހާމަކޮށްފައިވެއެވެ.

30 މެޑިކަލް ސްޓާފުންގެ އެހީތެރިކަމާއެކު ކުރިއަށްދިޔަ މިސިޒޭރިއަން މެދުވެރިކޮށް ކާމިޔާބުކަމާއެކު 3 ފިރިހެން ކުދިން އަދި 3 އަންހެން ކުދިން ވަނީ ނަގާފައެވެ. އަދި ހަކުދިންނާއި މަންމަގެ ހާލު ރަނގަޅުކަމަށްވެސް ނައިންވެލްސް ހޮސްޕިޓަލުން ހާމަކޮށްފައިވެއެވެ.

މިއީ ސްރީލަންކާގައި އެއްމާބަނޑު ހަކުދިން ވިހެއި ފުރަތަމަ ފަހަރުކަމަށް މީޑިއާތަކުން ރިޕޯޓުކޮށްފައިވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން