ރާއްޖޭގެ ހުރިހާ ރަށެއްގެ މަޢުލޫމާތު އެއްތަނަކުން އެނގޭނެގޮތަށް ދަފްތަރެއް ތައްޔާރުކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ރައީސް އިބްރާހިމް މުހަންމަދު ސާލިޙު މިއަދު ވިދާޅުވެއްޖެއެވެެ.
ރައީސް ސާލިޙު މިހެން ވިދާޅުވީ، އަރިއަތޮޅު އުތުރުބުރީ އަތޮޅު ކައުންސިލާ މިއަދު ހަވީރު ބައްދަލުކުރައްވާ ވާހަކަފުޅު ދައްކަވަމުންނެެެވެ. ރައީސް ސާލިހު ވިދާޅުވީ ރާއްޖޭގެ ހުރިހާ ރަށެއްގެ މަޢުލޫމާތު އެއްތަނަކުން އެނގޭނެގޮތަށް ދަފްތަރެއް ތައްޔާރުކުރުމުގެ މަސައްކަތް ސަރުކާރުން މިހާރު ކުރަމުން ގެންދަވާ ކަމަށެވެ.
މިއަދު ހަވީރު ރަސްދޫގައި ހުންނަ އަރިއަތޮޅު އުތުރުބުރީ އަތޮޅު ކައުންސިލް އިދާރާގައި ބޭއްވެވި މި ބައްދަލުކުރެއްވުމުގައި ކައުންސިލުން ވަނީ އަތޮޅުގެ ކުރިއެރުމަށާއި އަތޮޅު ރައްޔިތުންގެ ހުރި ކަންބޮޑުވުންތަކާއި ބޭނުންވާ ކަންކަމުގެ މަޢުލޫމާތު ރައީސާއި ހިއްސާކުރައްވާފައެވެ. މިގޮތުން ކައުންސިލުން ފާހަގަކުރި ކަންކަމުގެ ތެރޭގައި އަތޮޅު ކައުންސިލް ހިންގުމުގައި ދިމާވާ މާލީދަތިތަކަށް ވަރަށް ބޮޑަށް އަލިއަޅުވާލައިފައި ވެއެވެ. އަދި އަތޮޅު ކައުންސިލަށް އިތުރު އާމްދަނީ ލިބޭނެ ގޮތްތަކެއް ސަރުކާރުން ފަހިކޮށްދެއްވުމަށް ވަނީ ރައީސްގެ އަރިހުގައި އެދިފަފައެވެ.
މީގެ އިތުރުން ވެސް އަތޮޅު ހޮސްޕިޓަލް ތަރައްޤީކުރުމުގެ މަސައްކަތް އަވަހަށް ފަށްޓަވައިދެއްވުމަށާއި، ސޯލާ ޕަވަރ ޕްރޮޖެކްޓް ނުފެށޭތީ ހުރި ކަންބޮޑުވުންތަކާއި، އަތޮޅު ފިހާރައިން ލިބޭ އާމްދަނީ ލިބެނީ ކޮން އުޞޫލަކުން ކިހިނެއްކަން އޮޅުންނުފިލުމުގެ ސަބަބުން ދިމާވާ ދަތިތަކާ، އެތަނުގެ އާމްދަނީ ލިބޭނެ ގޮތް ހައްދަަވައިދެއްވުމަށް އަތޮޅު ކައުންސިލުން ވަނީ އެމަނިކުފާނުގެ އަރިހުގައި އެދިފައެވެ. މީގެ އިތުރުން ވެސް އަތޮޅު ކައުންސިލްގެ އިދާރީ މުވައްޒަފުން މަދުވުމުގެ ސަބަބުން ދޭންޖެހޭ ޚިދުމަތްތައް ދިނުމުގައި ދިމާވާ ދަތިތަކާއި، އަތޮޅުގައި ސީ އެމްބިއުލާންސެއް ނެތުމުން ދިމާވާ ގޮންޖެހުންތައް އެބޭފުޅުން ފާހަގަކުރެއްވިއެވެ. މީގެ އިތުރުންވެސް އަތޮޅުކައުންސިލުން ވަނީ އަތޮޅުގެ ހުރިހާ ރަށެއް ހަމަހަމަކޮށް ތަރައްޤީކޮށްދެއްވުމަށާއި މަޑިވަރު ފިނޮޅުގެ މައްސަލައިގައި ހުރި ކަންބޮޑުވުންތަކާއި، ރަށްރަށުގެ ދަފްތަރެއް އޮތުމުގެ މުހިންމުކަމާގުޅޭގޮތުން މަޝްވަރާކުރައްވާފައެވެ.
މި ބައްދަލު ކުރެއްވުމުގައި ވާހަކަފުޅު ދައްކަަވަމުން ރައީސް ސާލިޙު ވިދާޅުވީ އއ. އަތޮޅު ކައުންސިލްގެ މެންބަރުން ދެންނެވި ކަންކަމުގައި ކަމާގުޅޭ ފަރާތްތަކާ މަޝްވަރާކުރެއްވުމަށް ފަހު އެދެވޭ ގޮތަކަށް އެކަންކަން ފަހިކޮށްދެއްވާނެކަމަށެވެ. މިގޮތުން ރައީސް ވަނީ ކުވެއިތު ފަންޑުގެ އެހީގައި އަތޮޅު ހޮސްޕިޓަލް ތަރައްޤީކުރުމުގެ މަޝްރޫޢު ކުރިޔަށްގެންދިޔުމަށް ހަމަޖެހިފައިވާކަން ހާމަކުރައްވާފައެވެ. އެމަނިކުފާނު ވިދާޅުވީ އއ. އަތޮޅަށް ސީ އެމްބިއުލާސް އަންނަ އަހަރު ލިބޭނެކަމަށެވެ.
ރައީސުލްޖުމްހޫރިއްޔާ ރަސްދޫއަށް މިކުރައްވާ ދަތުރުފުޅަކީ އަރިއަތޮޅު އުތުރުބުރީގެ ހަ ރަށަކަށް މިއަދު ފެއްޓެވި ދެދުވަހުގެ ދަތުރުފުޅުގެ ދެވަނަ މަންޒިލެވެ.

President @ibusolih meets with members of North Ari Atoll Council. pic.twitter.com/gkjrjtfHCV
— The President's Office (@presidencymv) October 20, 2021
މީގެ އިތުރުން ވެސް އަތޮޅު ހޮސްޕިޓަލް ތަރައްޤީކުރުމުގެ މަސައްކަތް އަވަހަށް ފަށްޓަވައިދެއްވުމަށާއި، ސޯލާ ޕަވަރ ޕްރޮޖެކްޓް ނުފެށޭތީ ހުރި ކަންބޮޑުވުންތަކާއި، އަތޮޅު ފިހާރައިން ލިބޭ އާމްދަނީ ލިބެނީ ކޮން އުޞޫލަކުން ކިހިނެއްކަން އޮޅުންނުފިލުމުގެ ސަބަބުން ދިމާވާ ދަތިތަކާ، އެތަނުގެ އާމްދަނީ ލިބޭނެ ގޮތް ހައްދަަވައިދެއްވުމަށް އަތޮޅު ކައުންސިލުން ވަނީ އެމަނިކުފާނުގެ އަރިހުގައި އެދިފައެވެ. މީގެ އިތުރުން ވެސް އަތޮޅު ކައުންސިލްގެ އިދާރީ މުވައްޒަފުން މަދުވުމުގެ ސަބަބުން ދޭންޖެހޭ ޚިދުމަތްތައް ދިނުމުގައި ދިމާވާ ދަތިތަކާއި، އަތޮޅުގައި ސީ އެމްބިއުލާންސެއް ނެތުމުން ދިމާވާ ގޮންޖެހުންތައް އެބޭފުޅުން ފާހަގަކުރެއްވިއެވެ. މީގެ އިތުރުންވެސް އަތޮޅުކައުންސިލުން ވަނީ އަތޮޅުގެ ހުރިހާ ރަށެއް ހަމަހަމަކޮށް ތަރައްޤީކޮށްދެއްވުމަށާއި މަޑިވަރު ފިނޮޅުގެ މައްސަލައިގައި ހުރި ކަންބޮޑުވުންތަކާއި، ރަށްރަށުގެ ދަފްތަރެއް އޮތުމުގެ މުހިންމުކަމާގުޅޭގޮތުން މަޝްވަރާކުރައްވާފައެވެ.
މި ބައްދަލު ކުރެއްވުމުގައި ވާހަކަފުޅު ދައްކަަވަމުން ރައީސް ސާލިޙު ވިދާޅުވީ އއ. އަތޮޅު ކައުންސިލްގެ މެންބަރުން ދެންނެވި ކަންކަމުގައި ކަމާގުޅޭ ފަރާތްތަކާ މަޝްވަރާކުރެއްވުމަށް ފަހު އެދެވޭ ގޮތަކަށް އެކަންކަން ފަހިކޮށްދެއްވާނެކަމަށެވެ. މިގޮތުން ރައީސް ވަނީ ކުވެއިތު ފަންޑުގެ އެހީގައި އަތޮޅު ހޮސްޕިޓަލް ތަރައްޤީކުރުމުގެ މަޝްރޫޢު ކުރިޔަށްގެންދިޔުމަށް ހަމަޖެހިފައިވާކަން ހާމަކުރައްވާފައެވެ. އެމަނިކުފާނު ވިދާޅުވީ އއ. އަތޮޅަށް ސީ އެމްބިއުލާސް އަންނަ އަހަރު ލިބޭނެކަމަށެވެ.
ރައީސުލްޖުމްހޫރިއްޔާ ރަސްދޫއަށް މިކުރައްވާ ދަތުރުފުޅަކީ އަރިއަތޮޅު އުތުރުބުރީގެ ހަ ރަށަކަށް މިއަދު ފެއްޓެވި ދެދުވަހުގެ ދަތުރުފުޅުގެ ދެވަނަ މަންޒިލެވެ.
ކިޔުންތެރިންގެ ހިޔާލު