މަރިޔަމް ލައިޝާ   20 އޮކްޓޯބަރު 2021 - 13:21
އެމެރިކާގެ މަޝްހޫރު ރެޕް އާޓިސްޓު ކަންޔޭ އޮމާރީ ވެސްޓުގެ ނަން ބަދަލުކޮށްފިއެވެ.

މީޑިއާތަކުން ރިޕޯޓުކޮށްފައިވާ ގޮތުން ފާއިތުވި އޮގަސްޓު މަހު ކަންޔޭ ވަނީ އޭނާގެ ނަން ބަދަލުކުރުމަށް ރަސްމީކޮށް ހުށަހަޅާފައެވެ.

އެގޮތުން އޮގަސްޓު މަހުގެ 24 ވަނަ ދުވަހު އޭނާގެ ނަން ބަދަލުކޮށްފައިވަނީ "ޔޭ" އަށް ކަމަށް ހޮލީވުޑްގެ ޚަބަރުތައް ފަތުރާ މީޑިއާތަކުން ރިޕޯޓުކޮށްފައިވެއެވެ. އޭނާ ކޯޓަށް ހުށަހަޅާފައިވާ ލިޔުންތަކުގައި އެދިފައިވަނީ ނަމުގެ ކުރިއަށް އަދި ފަހަތަށް އާއިލީ ނަންވެސް ނުލައި އޭނާގެ ނަން ބަދަލުކޮށްދިނުމަށް ކަމަށް ވެސް ގިނަ މީޑިއާތަކުން ވަނީ ހާމަކޮށްފައެވެ. މިކަމަށް ރައްދު ދެމުން ޔޭ ބުނީ، މިކަން ކުރީ އަމިއްލަ ޒާތީ ސަބަބުތަކާ ހުރެ ކަމަށެވެ.

ނަން ބަދަލު ކުރަން ކޯޓަށް ހުށަހެޅި އިރު ކިމް ކާރޑޭޝިއަން އާ ވަކިވާންވެސް އޭނާ އޮތީ ކޯޓަށް ހުށަހަޅާފައެވެ. މިދިޔަ ފެބްރުއަރީ މަހު ޔޭ އާއި ކިމް ވަރިވާން ކޯޓަށް ފޯމް ހުށަހެޅާފައި ވާއިރު، މި ދެމީހުން މިހާރު ވަނީ ވަރިވެފައެވެ.

ގިނަ މީހުންގެ މެދުގައި ޔޭ މަޝަހޫރުވެފައިވަނީ ރެޕް އާޓިސްޓެއްގެ ގޮތުގައެވެ. މީގެއިތުރުން އޭނާ އަކީ ލަވަކިޔުމުގެ އިތުރުން ލަވަހަދައި ރެކޯޑުކޮށް ޕްރޮޑިއުސްކޮށް ވިޔަފާރިކޮށް އަދި ފެޝަން ޑިޒައިންކުރުމުގެ މަސައްކަތްވެސް ކުރާ މީހެކެވެ.


ކިޔުންތެރިންގެ ހިޔާލު


4

ޔޭ

23-Oct-2021

ނަސީބެއް ޔޭޔޭ ކޮފީ ނުކީކަން



ޓްރެންޑިން