ބޮލީވުޑްގެ ބޮޑު ސްކްރީންގެ އަހުލުވެރިންގެ މެދުގައި މަގުބޫލު ޖޯޑެއް ކަމުގައިވާ ސަލްމާން ޚާން އަދި ކެޓްރީނާ ކައިފް މިހާރު ކުޅެމުންދާ ފިލްމް "ޓައިގަރ 3"ގެ ޝޫޓިންތައް ވަރަށް ހަލުވި ސްޕީޑެއްގައި ކުރިއަށް ދާމަކަށް އިންޑިއާގެ މީޑިއާތަކުން ރިޕޯޓްކޮށްފިއެވެ.
އެގޮތުން މި ފިލްމުގެ އެކި ސީންތައް ޝޫޓްކުރުމަށް މި ދެ ފަންނާނުނަ ވަނީ ތުރުކީ އަދި އޮސްޓްރިއާ ފަދަ މަޝްހޫރު ޤައުމުތަކުގެ މަޤުބޫލު ލޮކޭޝަންތަކަށް ދަތުރުކޮށްފައެވެ. މި ލޮކޭޝަންތަކުގައި ޝޫޓްކުރުމަށް ފަހު މި ދެ ފަންނާނުން މިހާރު ވަނީ އެނބުރި އިންޑިއާއަށް އައިސްފައެވެ. ކުރިއަށް އޮތް ދުވަސްތަކުގައި މި ފިލްމުގެ ޝޫޓިންތައް ކުރިއަށް ދާނީ މުމްބާއީގައި ކަމަށް އިންޑިއާގެ މީޑިއާތަކުން ބުނެއެވެ.
މަނީސް ޝަރްމާ ޑައިރެކްޓް ކޮށްފައިވާ ފިލްމް ޓައިގަރ 3 ވެގެންދާނީ ޓައިގަރ ފްރެންޗައިސްގެ ކަލެކްޝަނަށް އިތުރުވެގެންދާ އިތުރު ބޮޅަކަށެވެ. އެގޮތުން މި ކަލެކްޝަންގައި މިހާރު ހިމެނެނީ 2012 ވަނަ އަހަރުގައި ނެރުނު ފިލްމު އެކްތަ ޓައިގަރ އަދި 2017 ވަނަ އަހަރު ނެރުނު ފިލްމް ޓައިގަރ ޒިންދާހޭ އެވެ.
ސަލްމާން ޚާން އަދި ކެޓްރީނާ ކައިފްގެ އިތުރުން އިމްރާން ހާޝިމީ މި ފިލްމުން ފެނިގެންދާއިރު މި ފިލްމުގައި މައިގަނޑުގޮތެއްގައި ދައްކުވައިދޭނީ އުނދަގޫ މިޝަންއަކާ ކުރިމަތިލައިގެން އެ މިޝަން ކާމިޔާބުކުރުމަށް ބަޔަކު ކުރާ މަސައްކަތް ތަކެވެ.

ކިޔުންތެރިންގެ ހިޔާލު