އާރްޔަން ޚާން
އާރްޔަން ޚާން
ޑްރަގް ރެއިޑްއަކަށް ފަހު ޝާހްރުކް ޚާންއާއި ގޯރީ ޚާންގެ ދަރިފުޅު އާރްޔަން ޚާން، އިންޑިއާގެ ނާކޮޓިކްސް ކޮންޓްރޯލް ބިއުރޯ (އެންސީބީ)ގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.

އިންޑިއާގެ މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި އާރްޔަން ވަނީ ރޭގެ ވަގުތެއްގައި އެންބީސީގެ ބެލުމުގެ ދަށަށް ގެންގޮސް ސުވާލުކޮށްފައެވެ. އެގޮތުން ގާނޫނާ ޚިލާފަށް ޑްރަގް ބޭނުން ކޮށްފައިވާ ކަމުގެ ތުހުމަތުގައި އެންސީބީގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ އާރްޔަން މިހާރު ވަނީ މެޑިކަލް ޓެސްޓު ހެދުމަށް ޖޭޖޭ ހޮސްޕިޓަލަށް ގެންގޮސްފައެވެ.

މީގެ އިތުރުން މި މެޑިކަލް ޓެސްޓުން އާރްޔަން ޑްރަގްސް ބޭނުންކޮށްފައިވާކަމަށް ޕޮޒިޓިވްވެއްޖެ ނަމަ އިލީގަލް ޑްރަގްސް ބޭނުންކުރުމުގެ ތުހުމަތުގައި އޭނާ ހައްޔަރުކުރާނެ ކަމަށާއި އެހިސާބުން މައްސަލަ ބަލަމުން ދާނީ ކޯޓުންކަމަށް ވެސް މީޑިއާތަކުން ރިޕޯޓްކުރެއެވެ.

އާރްޔަންއާއެކު އިތުރު ދެ މީހެއްގެ މެޑިކަލް ޓެސްޓު ހަދަން ވަނީ ޖޭޖޭ ހޮސްޕިޓަލަށް ފޮނުވާފައެވެ.

މި ރެއިޑުގައި އަތުލައިގަތް 8 މީހުން ވަނީ އެންބީސީގެ ބެލުމުގެ ދަށަށް ގެންގޮސް ކަން ހިނގާދިޔަ ގޮތާއި މެދު ސުވާލު ކޮށްފައެވެ. އަދި މި ތަހުގީގުގައި އާރަޔަންގެ ފޯނުވެސް ބަލާ ޗެކުކޮށްފައިވާކަމަށް އިންޑިއާގެ މީޑިއާތަކުން ވަނީ ރިޕޯޓްކޮށްފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން