ޓިކްޓޮކްގްގައި މިހާރު އެންމެ މަޝްހޫރު ޚަބާނޭ ލޭމް (ޚަބީ) އަކީ ވަރަށް ތަފާތު ހުނަރެއް ލިބިފައިވާ ފަންނާނެކެވެ.
އެގޮތުން އަނގައިން ނުބުނެ އެންމެ 60 ސިކުންތުގެ ތެރޭގައި މީހުން ހެއްވާލުމުގެ ހުނަރު ލިބިފައިވާ ޚަބީ އަކީ މި ޖީލުގެ އެންމެ ހިނގާ އެޕްލިކޭޝަން ކަމުގައިވާ ޓިކްޓޮކްގައި 114.2 މިލިއަން ފޮލޮވަރުންނާއެކު، ޓިކްޓޮކްގެ އެންމެ މަޤުބޫލު ޓިކްޓޮކްގެ ރަސްގެފާނެވެ.
ކޮވިޑް-19 ގެ ބިޔަ ރާޅާއެކު ޚަބީގެ ވަޒީފާވެސް ވަނީ މިދިިޔަ އަހަރު ގެއްލިފައެވެ. އެހެންކަމުން އޭނާގެ ދުވަސްތައް ގޭގައި ހޭދަކުރީ މަންމައާއި އޭނާގެ ތިން ކޮއްކޮއާ އެކުގައެވެ. ވަޒީފާ ގެއްލުމާއި، ކޮވިޑް-19 ގެ ސަބަބުން ގޭގައި މަޑުކުރަން ޖެހުމުން ފޫހި ފިލުވަން އޭނާ ޑައުންލޯޑަކުރީ ޓިކްޓޮކެވެ.
ޓިކްޓޮކްގައި އެނެމެން ވެސް ނަށާ ފަދައިން ޚަބީ ވެސް ފުރަތަމަ ނެށީއެވެ. ނަމަވެސް މި އަހަރު ކުރީކޮޅު އޭނާގެ ޓިކްޓޮކް ކޮންސެޕްޓަށް ވަނީ ބޮޑު ބަދަލެއް ގެނެސްފައެވެ. އެގޮތުން އޭނާގެ އައު ޓިކްޓޮކް ކޮންސެޕްޓަކީ ދިރިއުޅުމުގެ ކަންކަން އެންމެ ފަސޭހައިން ކުރާނެ ގޮތް ބުނެދިނުމެވެ. މި ޓިކްޓޮކް ކޮންސެޕްޓުގައިވެސް އޭނާ ވާހަކަ ނުދައްކާ މީހުންނަށް ފަސޭހައިން ކަންކަން ކުރާނެ ގޮތް ބުނެދޭން އަތުން ދައްކާލަނީ އިޝާރާތެކެވެ. އެ އިޝާރާތުން ބުނަނީ މިކަން ކުރާނީ މިހެންނޭހެން ވެސް ހީވެއެވެ.
9 މާރޗް 2000 ވަނަ އަހަރު އުފަންވެފައިވާ ޚަބީ، ސީއެންއެންއަށް މައުލޫމާތު ދެމުން ބުނެފައިވަނީ އޭނާ މި ކޮންސެޕްޓް ހިޔާރު ކުރީ ވީހާވެސް ސިމްޕަލްކޮށް އޭނާގެ ފޭނުންނަށް ވީޑިއޯތައް ގެނެސްދިނުމުގެ ގޮތުންކަމަށެވެ. އަދި އޭނާ ދެކޭގޮތުގައި ދުނިޔޭގެ އެކި ހިސާބުތަކުގައި ތަފާތު އެކި ބަހުރުވައިން މީހުން މުއާމަލާތުކުރަމުން ދާއިރު، އޭނާއަށް މީހުންނާ އެންމެ ބޮޑަށް ކަނެކްޓް ވެވޭނީ ވާހަކަ ނުދައްކާ މަޖާ ގޮތަކަށް އިޝާރާތުން ދައްކައިގެން މުއާމަލާތުކުރުމުން ކަމަށްވެސް އޭނާ ބުނެފައި ވެއެވެ.
ޚަބީ ލޭމް ފޫހި ފިލުވަން ޑައުންލޯޑްކުރި ޓިކްޓޮކަކީ މިހާރު އޭނާގެ ހަޔާތުގެ ބޮޑުބައެކެވެ. އެއީ މިހާރު ޚަބީގެ ކެރިއާއެވެ. އެންމެ ގިނަ ފޮޅޮވަރުންގެ ޓިކްޓޮކްގެ ރެކޯޑާއެކު ޚަބީ މިހާރު މިވަނީ މުޅިދުނިޔެ ދަންނަ ޓިކްޓޮކްގެ ރަސްގެފާނުގެ މަގާމަށް ވާސިލްވެ ފައެވެ.

ކިޔުންތެރިންގެ ހިޔާލު