ފިލްމް "ތޭޖަސް" ގެ ޝޫޓިންއަށް ކަންގަނާ ލަކްނައުގައި
ފިލްމް "ތޭޖަސް" ގެ ޝޫޓިންއަށް ކަންގަނާ ލަކްނައުގައި
ކަންގަނާ މިހާރު ކުޅެމުންދާ ފިލްމް "ތޭޖަސް" ގެ ޝޫޓިންތައް ހަލުވިކަމާއެކު ކުރިއަށް ދާކަމަށް އިންޑިއާގެ މީޑިއާތަކުން ރިޕޯޓްކޮށްފިއެވެ.

އިންޑިއާގެ މީޑިއާތަކުން މިހެން ރިޕޯޓްކޮށްފައިވަނީ މި ފިލްމުގެ ޝޫޓިންއަށް ކަންގަނާ އިންޑިއާގެ ސިޓީއެއްކަމަށްވާ ލަކްނައުއަށް ދިއުމުންނެވެ. އަދި މި ޚަބަރާއެކު ލަކްނައުގައި ތިބި ކަންގަނާގެ ފޭނުން ވަނީ އޭނާއަށް މަރުހަބާ ކިޔާފައެވެ.

ފިލްމް "ތޭޖަސް" އަކީ 2016 ވަނަ އަހަރު އިންޑިއާގެ އެއަރފޯސްގެ ފައިޓަރ ޕައިލެޓުންގެ ގޮތުގައި އަލަށް އަންހެނުން ބައިވެރި ކުރުމާ ގުޅުވައިގެން ހަދާފައިވާ ފިލްމެކެވެ. އެގޮތުން ސަރްވޭޝް މެހްރާ ޑައިރެކްޓްކޮށްފައިވާ މި ފިލްމުގައި ކަންގަނާ ފެނިގެންދާނީ ޓެރަރިސްޓުންނާއި ދެކޮޅަށް ހަނގުރާމަކުރާ އިންޑިއާ އެއަރފޯސްގެ ޕައިލެޓެއްގެ ގޮތުގައެވެ. މައިގަނޑުގޮތެއްގައި މި ފިލްމުން ދައްކައިދޭނީ އަންހެނުންނަކީ ކޮންމެ ކަމަކަށްވެސް ކުރިމަތިލާން ކެރޭ ހިތްވަރުގަދަ ބައެއް ކަމެވެ.

މި ފިލްމާއި ގުޅިގެން ކަންގަނާ ބުނެފައިވަނީ ގައުމަށް ހިދުމަތްކޮށްދޭން ޔުނީފޯމް ލައިގެން ތިބޭ އަންހެނުން ވަމުންދާ ޤުރުބާނީގެ ވާހަކަ ދެކެވެނީ ވަރަށް މަދުންކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން