އިންޑިއާގެ ފިލްމު އިންޑަސްޓްރީގައި ގިނަ ބެލުންތެރިންގެ މަޤުބޫލުކަން ހޯދާފައިވާ ޖޯން އަބްރަހަމްގެ "އެޓޭކް" އަންނަ އަހަރު ރިލީޒް ކުރާނެ ކަމަށް ރިޕޯޓްތަކުން ބުނެފިއެވެ.
ރިޕޯޓްތަކުން މިހެން ބުނެފައިވަނީ ޖޯން އަބްރަހަމް ކޮށްފައިވާ ޓްވީޓަކާ ގުޅިގެންނެވެ. މި ޓްވީޓްގައި އޭނާ ބުނެފައިވަނީ މި ފިލްމު ރިލީޒްކުރާނީ އިންޑިއާގެ ރިޕަބްލިކް ދުވަހު ކަމަށެވެ. އެގޮތުން މި ފިލްމު ރިލީޒް ކުރާނީ އަންނަ އަހަރުގެ ޖެނުވަރީ މަހުގެ 26 ވަނަ ދުވަހުކަމަށް އިންޑިއާގެ މީޑިއާތަކުން ރިޕޯޓުކޮށްފައި ވެއެވެ.
ކުރިން މި އަހަރު ރިލީޒްކުރަން ހަމަޖެހިފައިވާ ފިލްމް "އެޓޭކް" އަންނަ އަހަރަށް ފަސްކޮށްފައިވަނީ ކޮވިޑް-19 އާ ގުޅިގެން އިންޑިއާގެ މަހާރަޝްތުރާގެ ސިނަމާތައް ބަންދުކޮށްފައިވާތީއެވެ.
ލަަކްޝްޔާ އާނަންދު ޑައިރެކްޓްކޮށްފައިވާ މި ފިލްމުގައި ޖޯން އަބްރަހަމް ގެ އިތުރުން ރާކުލް ޕްރީތް ސިންގހާއި، ޖެކްލިން ފޭނާންޑޭޒް ފެނިގެންދާނެއެވެ. އަދި މި ފިލްމުން ޖޯން އަބްރަހަމް ފެނިގެންދާނީ ބައެއްގެ އަޅުވެތިކަމަށް ޤައުމު ދިއުމުން، ޤައުމުގެ ދިފާއުގައި، އަޅުވެތިކަމުން ޤައުމު ސަލާމަތްކުރުމަށް ނުކުންނަ އީލައިޓް ކޮމާންޑޯ ޓީމްގެ ހަމައެކަނި ބައިވެރިއާގެ ގޮތުގައެވެ.
މި ފިލްމުގެ އިތުރުން ފިލްމް "އެކް ވިލަން ރީޓާންސް" އާއި "ސަތްޔަމަ ވަޖައިތެ - 2" އިން ވެސް ޖޯން އަބްރަހަމްް ފެނިގެންދާނެއެވެ.

A hostage crisis that brought the country to its knees! This time the race is against time, get ready for #Attack.
— John Abraham (@TheJohnAbraham) September 30, 2021
Releasing worldwide on Republic Day 2022!@LakshyaRajAnand @Rakulpreet @Asli_Jacqueline #RatnaPathak @prakashraaj @jayantilalgada #AjayKapoor pic.twitter.com/dn8sS9G1Pi
ކުރިން މި އަހަރު ރިލީޒްކުރަން ހަމަޖެހިފައިވާ ފިލްމް "އެޓޭކް" އަންނަ އަހަރަށް ފަސްކޮށްފައިވަނީ ކޮވިޑް-19 އާ ގުޅިގެން އިންޑިއާގެ މަހާރަޝްތުރާގެ ސިނަމާތައް ބަންދުކޮށްފައިވާތީއެވެ.
ލަަކްޝްޔާ އާނަންދު ޑައިރެކްޓްކޮށްފައިވާ މި ފިލްމުގައި ޖޯން އަބްރަހަމް ގެ އިތުރުން ރާކުލް ޕްރީތް ސިންގހާއި، ޖެކްލިން ފޭނާންޑޭޒް ފެނިގެންދާނެއެވެ. އަދި މި ފިލްމުން ޖޯން އަބްރަހަމް ފެނިގެންދާނީ ބައެއްގެ އަޅުވެތިކަމަށް ޤައުމު ދިއުމުން، ޤައުމުގެ ދިފާއުގައި، އަޅުވެތިކަމުން ޤައުމު ސަލާމަތްކުރުމަށް ނުކުންނަ އީލައިޓް ކޮމާންޑޯ ޓީމްގެ ހަމައެކަނި ބައިވެރިއާގެ ގޮތުގައެވެ.
މި ފިލްމުގެ އިތުރުން ފިލްމް "އެކް ވިލަން ރީޓާންސް" އާއި "ސަތްޔަމަ ވަޖައިތެ - 2" އިން ވެސް ޖޯން އަބްރަހަމްް ފެނިގެންދާނެއެވެ.
ކިޔުންތެރިންގެ ހިޔާލު