އެކް ވިލަން ގެ ޕޯސްޓަރެއް
އެކް ވިލަން ގެ ޕޯސްޓަރެއް
ޖޯން އަބްރަހަމް އަދި އަރްޖުން ކަޕޫރުގެ "އެކް ވިލަން ރިޓާންސް" އަންނަ އަހަރު ސިނަމާތަކުގެ ބޮޑު ސްކްރީނުން ފެނިގެންދާނެ ކަމަށް އިންޑިއާގެ މަޝްހޫރު ފިލްމީ ތަރި ޖޯން އަބްރަހަމް ބުނެފިއެވެ.

ޖޯން އަބްރަހަމް ކުރި ޓްވީޓެއްގައި މިހެން ބުނެފައިވާއިރު، މި ފިލްމު ރިލީޒްކުރާނީ އަންނަ އަހަރުގެ އީދާ ދިމާކޮށް ކަމަށްވެސް އޭނާ ވަނީ ފާހަގަކޮށްފައެވެ. އެގޮތުން، 8 ޖުލައި 2022 ވަނަ ދުވަހު ރިލީޒްކުރަން ހަމަ ޖެހިފައިވާ މި ފިލްމަކީ 2014 ވަނަ އަހަރު ޝްރައްދާ ކަޕޫރު، ސިދާރތް މަލްހޯތްރާ އަދި ރިތޭޝް ދޭޝްމޫކް ކުޅެފައިވާ ފިލްމު "އެކް ވިލަން" ގެ ސީކުއަލްއެކެވެ.

މޯހިތު ސޫރީ ޑައިރެކްޓްކޮށްފައިވާ "އެކް ވިލަން ރިޓާންސް" ކުރިން ރިލީޒްކުރަން ހަމަޖެއްސީ އަންނަ އަހަރު ފެބްރުވަރީ މަހުގެ 11 ވަނަ ދުވަހުއެވެ. ނަމަވެސް ކޮވިޑް-19 އާ ގުޅިގެން ފިލްމުގެ ޝޫޓިންތައް ލަސްވުމާއިއެކު މިހާރު ފިލްމު ރިލީޒްކުރަން ހަމަ ޖެހިފައިވަނީ 8 ޖުލައި 2022 ވަނަ ދުވަހުއެވެ.

ހިންދީ ފިލްމު އެކް ވިލަން ރިޓާންސްގެ ލީޑުން ޖޯން އަބްރަހަމް، އަރްޖުން ކަޕޫރު، އަދިތްޔާ ރޯއި ކަޕޫރު އަދި ތާރާ ސުތާރިއާގެ އިތުރުން ދިޝާ ޕަޓާނީ ވެސް ފެނިގެންދާނެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން