ސާރާ އަލީ ޚާން އާއި ވިކީ ކޯޝާލް
ސާރާ އަލީ ޚާން އާއި ވިކީ ކޯޝާލް
އިންޑިއާގެ ފިލްމީ ދާއިރާގައި ކުރިއަރަމުން އަންނަ ދެ ފަންނާނުން ކަމަށްވާ ސާރާ އަލީ ޚާނާއި ވިކީ ކޯޝާލް ލޯބީީގެ ފިލްމަކުން ފެނިގެން ދާނެކަމަށް މީޑިއާތަކުން ރިޕޯޓްކޮށްފިއެވެ.

މީޑިއާތަކުން މިހެން ރިޕޯޓްކޮށްފައިވަނީ، ޑިރެކްޓަރ ލަކްޝްމަން އުޓެކަރ މި ދެ ފަންނާނުން ހިމަނައިގެން ލޯބީގެ ފިލްމެއް ހަދަން އުޅޭކަމަށް ބުނެފައިވާތީއެވެ.

ލަކްޝްމަން ޑިރެކްޓްކޮށްފައިވާ ލޯބީގެ ފިލްމުތަކުގެ ތެރެއިން ބެލުންތެރިންގެ މެދުގައި އެންމެ މަޤުބޫލުވި އެއް ފިލްމަކީ ލުއްކާ ޗުއްޕީއެވެ. އެގޮތުން މިފަހަރުވެސް ބެލުންތެރިންގެ ތަރުހީބު ލިބޭނެ ފަދަ ލޯބީގެ ފިލްމެއް އުފެއްދުމުގެ ގޮތުން ލަކްޝްމަން ވަނީ ދިނޭޝް ވިޖާންގެ މެޑޮކްސް ފިލްމު ކުންފުންޏާ ގުޅިފައެވެ. އަދި މި ފިލްމު ވެގެންދާނީ ދިނޭޝް ވިޖާން ޕްރޮޑަކްޝަންގެ ދަށުން ސާރާ ހަރަކާތްތެރިވާ ދެވަނަ ފިލްމަށެވެ. ފުރަތަމަ ފިލްމަކީ "ލަވް އާޖް ކަލް" އެވެ.

މި ފިލްމުން ދައްކައިދޭނީ ސާރާގެ ދިރިއުޅުން ކަމަށާއި، އޭނާގެ ދިރިއުޅުމަށް މަޖާ އަދި ސޯޝަލް ޓްވިސްޓެއް އެކުލެވިގެންވާނެކަމަށް ރިޕޯޓްތަކުން ބުނެއެވެ. މި ފިލްމުގެ ސްކްރިޕްޓް ވަނީ މިހާރު ނިމިފައެވެ.

ސާރާ އަލީ ޚާން ދެން އެންމެ އަވަހަށް ފެނިގެންދާނީ ނެޓްފްލިކްސް އިން ޕްރިމިއަރ ކުރާ "އަޓްރަންގީ ރޭ" އިންނެވެ. މި ފިލްމު ޑައިރެކަޓްކޮށްފައިވަނީ އާނަންދު އެލް ރައިއެވެ. މި ފިލްމުގައި ސާރާ ގެ އިތުރުން އަކްޝޭ ކުމާރް ވެސް ފެނިގެންދާނެއެވެ.

އެގޮތުން ވިކީ ކޯޝާލްގެ ފިލްމް "ސަރްދާރް އުދްހަމަ" އޮކްޓޯބަރ 16 ވަނަ ދުވަހު ރިލީޒް ކުރަން މިހާރު ވަނީ ހަމަޖެހިފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން