ހީރޯޕަންތީ-2 ގެ އައު ޕޯސްޓަރ
ހީރޯޕަންތީ-2 ގެ އައު ޕޯސްޓަރ
ފިލްމް "ހީރޯޕަންތީ-2" 2022 ވަނަ އަހަރު ރިލީޒް ކުރާނެކަމަށް ނަދިއާޑްވާލާ ގްރޭންޑްސަން އެންޓަރޓެއިންމަންޓް ކުންފުނިން ހާމަކޮށްފިއެވެ.

ޓައިގަރ ޝްރޮފް ލީޑް ރޯލެއްގައި ފެނިގެންދާނެ މި ފިލްމު އަންނަ އަހަރުގެ އެޕްރީލް 29 ވަނަ ދުވަހު ރިލީޒްކުރާނެ ކަމަށް ނަދިއާޑްވާލާ ގްރޭންޑްސަން އެންޓަރޓެއިންމަންޓް ކުންފުނިން ވަނީ ބުނެފައެވެ. އެގޮތުން ޓައިގަރ ޝްރޮފްގެ އިތުރުން މި ފިލްމުގެ ލީޑް ރޯލަކުން ތާރާ ސުތާރިޔާވެސް ފެނިގެން ދާނެކަމަށް ރިޕޯޓްތަކުން ބުނެއެވެ.

އީދާ ދިމާކޮށް މި ފިލްމު ނެރެން ޓާގެޓްކޮށްފައިވާއިރު، ޓައިގަރ ޝްރޮފްވެސް ވަނީ މިކަން ހާމަކޮށް ޓްވީޓެއް ކޮށްފައެވެ. މި ޓްވީޓުގައި ވަނީ ކުރިއަށް އޮތް އީދު ފާހަގަކުރާނީ އެނެމެން އެކީގައި ކަމަށް ބުނެފައެވެ.



ހީރޯޕަންތީ-2 އަކީ 2014 ވަނަ އަހަރު ޓައިގަރ ޝްރޮފް ކުޅެފައިވާ ފިލްމު "ހީރޯޕަންތީ" ގެ ސީކުއަލްއެކެވެ. ހީރޯޕަންތީވެގެން ދިޔައީ ބެލުންތެރިންގެ މެދުގައި މަޤުބޫލު ހިޓް ފިލްމަކަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން