އައްޑޫ މާރާމާރީގައި ޒަޚަމްވި މީހާގެ ގައިން ފޭބި ލޭތައް
އައްޑޫ މާރާމާރީގައި ޒަޚަމްވި މީހާގެ ގައިން ފޭބި ލޭތައް
މިދިޔަ ހުކުރު ދުވަހު އައްޑޫ ސިޓީ ހިތަދޫގައި ތޫނު އެއްޗަކުން ހަމަލާދީ މީހަކު ޒަހަމްކޮށްލި މައްސަލައިގެ ތުހުމަތުގައި ހައްޔަރުކުރި މީހާ ޝަރީއަށް ނިމެންދެން ބަންދުކޮށްފިއެވެ.

ފުލުހުން ބުނީ, މި މައްސަލައާއި ގުޅިގެން ކޯޓު އަމުރެއްގެދަށުން ހައްޔަރުކޮށްފައިވަނީ, 31 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށެވެ. އަދި އޭނާގެ މުއްދަތު ޖެހުމަށް ކޯޓަށް ޙާޏިރު ކުރުމުން ޝަރީއަތް ނިމެންދެން ބަންދު ކުރުމަށް ކޯޓުން އަމުރުކޮށްފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

އައްޑޫ ސިޓީ ފުލެޓް ސަރަހައްދުގައި މިދިޔަ ހުކުރު ދުވަހު ތޫނު އެއްޗަކުން ހަމަލާދީ 29 އަހަރުގެ މީހަކު ޒަޚަމްކޮށްލުމުން އެމީހާއަށް އޭޑީކޭ ހޮސްޕިޓަލްގައި ދަނީ ފަރުވާ ދެމުންނެވެ.

ޝޯޝަލް މީޑިޔާގައި އާންމުވެފައިވާ ފޮޓޯތަކުން ފެންނަ ގޮތުގައި އެ ޒުވާނާގެ ގަޔަށް ތޫނު އެއްޗަކުން ހަމަލާދީފައިވަނީ އޭނާ ދިރިއުޅޭ ފްލެޓަށް ވަންނަން ދިޔަ މަގުމަތީގައި ފުލެޓް ތެރޭގައެެވެ. ހަމަލާދީފައިވަނީ އެ ޒުވާނާގެ ކަރަށެވެ.

ފުލެޓް ތެރޭގައި ހިނގި މި މާރާމާރީގައި އިތުރު މީހަކު ވެސް ވަނީ ޒަޚަމްވެފައެވެ. މަންޒަރު ދުށް ބައެއް މީހުން ބުނީ ދެން ޒަޚަމްވި ހަމަލާ ހުއްޓުވަން މަސައްކަތް ކުރި މީހެއް ކަމަށެވެ. ފުލުހުން ގެންދަނީ މިމައްސަލަ ތަހުގީގު ކުރަމުންނެވެ. މިހާދިސާ ހިނގަން މެދުވެރިވި ސަބަބެއް އަދި ސާފެއް ނުވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން