އަހުމަދު މަސްނޫމް   23 ސެޕްޓެމްބަރު 2021 - 15:17
މިއަހަރު އެޗްއެސްސީ އިމްތިހާނު ހެދި ދަރިވަރުންގެ ނަތީޖާ އަންނަ ހަފްތާގެ ހޯމަ ދުވަހުން ފެށިގެން ދޫކުރަން ނިންމާފައިވާކަމަށް ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒަމިނޭޝަން (ޑީޕީއީ)އިން ބުނެފިއެވެ.

ޕަބްލިކް އެގްޒަމިނޭޝަނުން ބުނީ ހޯމަދުވަހު ނަތިޖާ ދޫކުރަން ހަމަޖެހިފައިވަނީ މިދިޔަ ޖޫން މަހު ބޭއްވި އެޗްއެސްސީ އިމްތިހާނު ހެދި ދަރިވަރުންގެ ތެރެއިން ޓީޗަރ ބޭސްޑް އެސެސްމަންޓް ހެދި ދަރިވަރުންނަށް އެކަނި ކަމަށެވެ. ޑީޕީއީން ބުނީ އަމިއްލަގޮތުން އެޗް.އެސްސީ އިމްތިހާނު ހެދި ދަރިވަރުންގެ ނަތީޖާ އަންނަ ހޯމަދުވަހުން ފެށިގެން ޑިޕާޓްމަންޓުގެ ކައުންޓަރުން ހެނދުނު 08:30އިން 13:30އަށް ދޫކުރުމަށް ހެމަޖެހިފައިވާކަމަށެވެ.

ޑީޕީއީން ބުނީ އިމްތިޙާނު ހެދި އެހެން ދަރިވަރުންގެ ތެރެއިން ނަތީޖާ ބޭނުންވާ ދަރިވަރުން، އެ ދަރިވަރަކު އިމްތިހާނު ހެދި ސެންޓަރެއް މެދުވެރިކޮށް އެ ޑިޕާޓްމަންޓަށް އެދި ހުޅުހެޅުމުން އެ ދަރިވަރުގެ ނަތީޖާ ސެންޓަރަށް ފޮނުވާނެކަމަށެވެ. އަދި ޢާންމުކޮށް ސެންޓަރުތަކަށް އެޗް.އެސްސީގެ ނަތީޖާ ދޫކުރުމަށް ހަމަޖެހިފައިވަނީ އަންނަ މަހުގެ 31ގައިކަމަށްވެސް ޑީޕީއީން ބުނެއެވެ.

މި އިމްތިޙާނަކީ ޤައުމީ މަންހަޖުގެ ސާނަވީ ސިލަބަސް ނުވަތަ ކީސްޓޭޖް 4 (ގްރޭޑް 10 ،09) ނިންމާ ދަރިވަރުންނަށް ދެމުން އަންނަ ޤައުމީ އިމްތިޙާނެކެވެ.

މިއަހަރުގެ އެސްއެސްސީ އިމްތިޙާނުގައި 1000އަށްވުރެ ގިނަ ދަރިވަރުން ބައިވެރިވިއެވެ. މީގެތެރޭގައި ހިމެނެނީ މާލެއިން މި އިމްތިހާންގައި ބައިވެރިވި 878 ދަރިވަރުންނާއި އަތޮޅުތަކުން ބައިވެރިވި 453 ދަރިވަރުންނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން