އިންޑިއާއިން އެހެން ގައުމުތަކަށް އަލުން ކޮވިޑް ވެކްސިން އެކްސްޕޯޓުކުރަން ފަށަން ނިންމައިފިއެވެ.

އިންޑިއާއިން އުފައްދާ ކޮވިޑް ވެކްސިން އެހެން ގައުމުތަކަށް އެކްސްޕޯޓުކުރުން ހުއްޓާލައިފައިވަނީ އިންޑިއާގައި ކުރިއަށްދާ ވެކްސިން ޖެހުމުގެ ކެމްޕޭނަށް ބޭނުންވާވަރަށް ވެކްސިން ނުއުފެއްދުމުގެ ސަބަބުންނެވެ. މިގޮތުން މިއަހަރުގެ އޭޕްރީލް މަހުން ފެށިގެން ދުނިޔޭގެ އެހެން ގައުމުތަކަށް ކޮވިޑް ވެކްސިން އެކްސްޕޯޓު ކުރުން އިންޑިއާއިން ވަނީ ހުއްޓާލައިފައެވެ.

އިންޑިއާއިން ކޮވިޑް ވެކްސިން އެހެން ގައުމުތަކަށް އެކްސްޕޯޓުކުރުން އަލުން ފެށުމަށް ނިންމާފައިވަނީ އެގައުމުގައި ކުރިއަށްދާ ވެކްސިން ޖެހުމުގެ ކެމްޕޭނަށް ލިބެމުންދާ ބޮޑު ތަރުހީބާއެކު، ގިނަ ބަޔަކު ވެކްސިން ޖެހުމުންނެވެ. މިގޮތުން އިންޑިއާގައި މަހެއްގެ މައްޗަށް ވެކްސިން ޖަހަމުންދާ މިންވަރު ތިން ގުނަ އިތުރުވެ، މިއަންނަ މަހު، ކޮވިޑް ވެކްސިނުގެ 300 މިލިއަން ޑޯޒު ދެވޭނެކަމަށް އިންޑިއާގެ ހެލްތު މިނިސްޓަރ ވަނީ ލަފާކުރައްވާފައެވެ.

އިންޑިއާގައި ކުރިއަށްދާ ވެކްސިން ޖެހުމުގެ ކެމްޕޭނަށް ލިބެމުންދާ ތަރުހީބު އިތުރުވިޔަސް، އިންޑިއާއިން ކޮވިޑް ވެކްސިން އެހެން ގައުމުތަކަށް ފޯރުކޮށްދޭނީ ވެކްސިން އުފައްދާ ކުންފުނިތަކުން، އިންޑިއާއަށް ބޭނުންވާވަރަށް އުފައްދާ ވެކްސިނުގެ އިތުރުން ބާކީވާ ވެކްސިން ކަމަށް އިންޑިއާގެ ހެލްތު މިނިސްޓަރ ވިދާޅުވެފައިވެއެވެ.

އިންޑިއާއިން ކޮވިޑް ވެކްސިން އެހެން ގައުމުތަކަށް އެކްސްޕޯޓުކުރުން މެދު ކަނޑާލިއިރު، 100 ގައުމަކަށް ވެކްސިނުގެ 66 މިލިއަން ޑޯޒު ފޯރުކޮށްދީފައިވެއެވެ. އަދި ވެކްސިން ފޯރުކޮށްދިނުމަށް މިއަންނަމަހު ފެށޭވަރުވާނެކަމަށް އިންޑިއާގެ ހެލްތު މިނިސްޓަރ ލަފާކުރަށްވާފައިވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން