އައްޑޫ ޕޮލިސް ސްޓޭޝަން | ރަސް ފޮޓޯ: ޝާހް
އައްޑޫ ޕޮލިސް ސްޓޭޝަން | ރަސް ފޮޓޯ: ޝާހް
ޢުމުރުން 16 އަހަރުގެ ކުޑަ އަންހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރުމުގެ ތުހުމަތުގައި އައްޑޫން ހައްޔަރުކުރި ޕޮލިސް އޮފިސަރު ވަޒީފާއިން ސަސްޕެންޑް ކޮށްފިއެވެ.

މި މައްސަލާގައި ހައްޔަރުކޮށްފައިވަނީ ސަބްއިންސްޕެކްޓަރު އޮފް ޕޮލިސް އަހުމަދު ނަޒުމީން އެވެ. މުސާރަ ނުލިބޭ ގޮތަށް އޭނާ ވަޒީފާ އިން ސަސްޕެންޑް ކުރީ ވަޒީފާއާއި ބެހޭ ގަވާއިދުގެ 65 ވަނަ މާއްދާގެ (ނ) އަށް ރިއާޔަތް ކޮށެވެ.

އޭނާގެ ބަންދު މުއްދަތު އިތުރުކުރުމަށް ކޯޓަށް ޙާޟިރުކުރުމުން ޝަރީޢަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށް ކޯޓުން ވަނީ އަމުރުކޮށްފައެވެ.

ކުޑަކުއްޖާއަށް ޖިންސީ ގޯނާ ކުރުމުގެ ތުހުމަތާއި ގުޅިގެން އައްޑޫގައި ވަނީ މުޒާހަރާވެސް ކޮށްފައެވެ. އަދި އަންހެންކުއްޖާއަށް ޖިންސީ ގޯނާ ކުރި ކަމަށް ތުހުމަތުކުރެވޭ ފުލުސް މީހާއަށް ހިމާޔަތް ދީގެން ގެންގުޅޭ ކަމަށް މުޒާހަރާގެ ބައިވެރިން ވަނީ ތުހުމަތުކޮށްފައެެވެ. ފުލުސް މީހާ ދިރިއުޅޭ ގެކައިރިއަށް ގިނަ ބަޔަކު އެއްވެ މުޒާހަރާ ކުރި މީހުން ހުއްޓުވަން ފުލުހުން ވަނީ ބާރުގެ ބޭނުންވެސް ކޮށްފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން