ސުނިލް ޝެޓީ ހަދިޔާކޮށްފައިވާ 800 "އެއަރ ޕިއުރިފަޔަރ"އާ މުމްބައިގެ ކޮމިޝަނަރ އޮފް ޕޮލިސް ހަވާލުވަނިކޮށް
ސުނިލް ޝެޓީ ހަދިޔާކޮށްފައިވާ 800 "އެއަރ ޕިއުރިފަޔަރ"އާ މުމްބައިގެ ކޮމިޝަނަރ އޮފް ޕޮލިސް ހަވާލުވަނިކޮށް
ކޮވިޑް-19އިން ރައްކާތެރިވުމުގެ ގޮތުން ބޮލީވުޑްގެ މަޝްހޫރު ތަރި ސުނިލް ޝެޓީ އިންޑިއާގެ ޕޮލިސް ސްޓޭޝަންތަކަށް 800 "އެއަރ ޕިއުރިފަޔަރ" ހަދިޔާކޮށްފިއެވެ.

ސުނިލް ޝެޓީ ހަދިޔާކޮށްފައިވާ މި 800 "އެއަރ ޕިއުރިފަޔަރ"އާ ހަވާލުވީ މުމްބައިގެ ކޮމިޝަނަރ އޮފް ޕޮލިސް، ހެމާންޓް ނަގްރާލޭއެވެ. މިކަމާ ގުޅިގެން ޕޮލިސް ކޮމިޝަނަރ ވަނީ، ކޮވިޑް-19ގެ މި ދަތި ދަނޑިވަޅުގައި ސުނިލް ޝެޓީ ވެދިން އެހީއަށް ފަށްފަށުން ޝުކުރު އަދާކުރާކޮށްފައެވެ.

އަދި މިހާރު އިތުރުވަމުންދާ ކޮވިޑް-19 ގެ ކޭސްތަކާއި އެކު ހުރިހާ "ސޭފްޓީ ޕްރޮޓޮކޯލް" އާ އެއްގޮތަށް އަމަލު ކުރުމަކީ މުހިންމު ކަމެއްކަމަށްވެސް ކޮމިޝަނަރ ވަނީ ވިދާޅުވެފައެވެ. އެގޮތުން ސުނިލް ޝެޓީ ވެދިން އެހީއަކީ އެތަކެއް ބަޔަކަށް ރަނގަޅު ގޮތުގައި މަންފާކުރާނެ ކަމެއް ކަމަށްވެސް ވަނީ ފާހަގަކުރައްވާފައެވެ.

ސުނިލް ޝެޓީއަކީ އިންޑިއާއަށާއި، އިންޑިއާގެ ގިނަގުނަ ރައްޔިތުންނަށް އެހީވަމުންދާ ތަރިއެއްކަމަށް ރިޕޯޓުތަކުން ބުނެއެވެ. އެގޮތުން މިދިޔަ އަހަރު ސުނިލް ޝެޓީ ވަނީ ކޮވިޑް-19ގައި ބަނޑުހައި ހޫނުކަންމަތީގައި ތިބި މީހުންނަށް އެހީވެދީ، ކާއެއްޗެހި ފޯރުކޮށްދީފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން