ހުޅުމާލެ | ފޮޓޯ: ރަސް
ހުޅުމާލެ | ފޮޓޯ: ރަސް
މާލޭގައި 14 އަހަރުގެ ކުއްޖަކު ރަހީނުކުރި މައްސަލައެއް ފެންމަތިވެއްޖެއެވެ.

އެ ކުއްޖާ ރަހީނު ކޮށްފައިވަނީ ރޭ 8:30 ހާއިރު މާލޭ ޓްރެކް ސަރަޙައްދުންނެވެ. އުމުރުން 14 އަހަރުގެ އެ ކުއްޖާ ރަހީނު ކޮށްގެން، ގަދަކަމުން ރަތްކުލައިގެ ކާރަކަށް އަރުވައިގެން ގެންދިޔައީ މީގެ ދެ މަސް ކުރިން ހުޅުމާލޭގައި މަރާލި އުމުރުން 13 އަހަރުގެ ކުއްޖާގެ މަރުގެ މައްސަލައާ ގުޅުންހުރި ބައެއްކަމަށް މަޢުލޫމާތު ލިބިފައިވެއެވެ.

ހުޅުމާލޭގައި އަނިޔާވެރިކޮށް މަރާލާފައި އޮތް ޢުމުރުން 13 އަހަރުގެ ކުއްޖާއާއި، ރޭ ރަހީނުކުރި ކުއްޖާ އަކީ ޢާއިލީގޮތުން ގުޅުންއޮތް ދެކުދިންނެވެ. 14 އަހަރުގެ ކުއްޖާ ރަހީނު ކުރުމަށްފަހު ގެންދިޔައީ ހުޅުމާލެއަށް ކަމަށާއި، ނަމަވެސް އެތަނުން އެކުއްޖާ ފިލީ ކަމަށް މަޢުލޫމާތު ލިބިފައިވެއެވެ.

މިކަމާއި ގުޅިގެން އިތުރަށް ބަލަންޖެހޭ ކަންކަން ބަލަމުންދާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން