އިލެކްޝަންސް ކޮމިޝަންގެ ރައީސް ފުއާދު ތައުފީގު
އިލެކްޝަންސް ކޮމިޝަންގެ ރައީސް ފުއާދު ތައުފީގު
އިލެކްޝަންސް ކޮމިޝަންގެ ރައީސްގެ މަގާމަށް ފުއާދު ތައުފީގު އިންތިހާބު ކޮށްފި އެވެ.

އިލެކްޝަންސް ކޮމިޝަނުން ބުނީ އެ ކޮމިޝަނަށް ރައީސަކު އިންތިހާބު ކުރުމަށް މެންބަރުންގެ މެދުގައި ނެގުނު ވޯޓުގައި މެންބަރުންގެ އިއްތިފާޤުން ފުއާދު ތައުފިޤު، ރައީސް ކަމަަށް އިންތިހާބު ކޮށްފައިވާ ކަމަަށެވެ. އީސީގެ ރައީސްގެ މަގާމު މިދިޔަ ޖޫން މަހު ހުސްވެފައިވަނީ އެ މަޤާމުގައި ހުންނެވި އަޙްމަދު ޝަރީފް މަޤާމުން އިސްތިޢުފާ ދެއްވުމާ ގުޅިގެންނެވެ. އޭގެފަހުން އީސީއަށް ރައީސައަކު އައްޔަންކުރުމާ ހަމަޔަށް ރައީސްގެ ޒިންމާ އުފުއްލަވަމުން ގެންދެވީ އެ ކޮމިޝަންގެ ނާއިބު ރައީސް އިސްމާއިލް ހަބީބެވެ.

ފުއާދު ތައުފީޤަކީ 2008 އިން 2009 އަށް އިލެކްޝަންސް ކޮމިޝަނުގެ މެންބަރުކަމުގެ މަޤާމު ފުރުއްވާފައިވާ ބޭފުޅެކެވެ. އޭގެ ފަހުން 2009 ވަނަ އަހަރުގެ ސެޕްޓެމްބަރ 15 ގައި ފުއާދު އީސީގެ ރައީސްކަމަށް އިންތިޚާބު ކޮށްފައި ވަނިކޮށް، ސުޕްރީމް ކޯޓުން ސޫމޯޓޯ މައްސަލައެއް ބައްލަވައި އީސީގެ ރައީސް ކަމުން ފުއާދު ވަކިކުރީ 2013 ވަނަ އަހަރުއެވެ. އޭގެފަހުން މި ސަރުކާރުގައި އީސީގެ މެމްބަރު ކަމަށް ފުއާދު އައްޔަން ކުރެއްވީ 2019 ނޮވެމްބަރު 24ގައެވެ.



ފުއާދު ތައުފީޤު ސަރުކާރުގެ ވަޒީފާއާ ގުޅިވަޑައިގެންނެވީ ފެބުރުވަރީ 1973 ގައެވެ. ފުރަތަމަ ވަޒީފާ އަދާކުރެއްވީ މިނިސްޓްރީ އޮފް ނެޝަނަލް ޕްލޭނިންގައެވެ. އަދި 2007 ވަނަ އަހަރާއި ހަމައަށް ހުންނެވީ އެއިދާރާގެ އެސިސްޓެންޓް ޑިރެކްޓަރ ޖެނެރަލްގެ މަޤާމުގައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން