ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށައެޅި ނަފުރަތުގެ ބިލާ ދެކޮޅަށް އެންމެ ފުރަތަމަ ވާހަކަ ދެއްކެވީ އެމަނިކުފާނު ކަމަށް ޖުމުހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ރޭގައި ވިދާޅުވެއްޖެއެެވެ.

ޖުމްހޫރީ ޕާޓީއަށް އަލަށް ގުޅުނު މެމްބަރުންގެ ފޯމްތައް ހަވާލުކުރުމަށް ރޭ ޖޭޕީގެ މައި މަރުކަޒު، މާފަންނު ކުނޫޒުގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ގާސިމް އިބްރާހިމް ވިދާޅުވީ، މި ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ނަފްރަތުގެ ބިލާ ގުޅޭގޮތުން ފުރަތަމަ ވާހަކަ ދެއްކެވީ އެމަނިކުފާނު ކަމަށެވެ. އަދި އެކަމާ ގުޅޭގޮތުން ބަޔާނެއް ފުރަތަމަ ނެރުއްވީވެސް އެމަނިކުފާނު ކަމަށް ގާސިމް ވިދާޅުވިއެވެ. އެ ބިލަކީ ރަނގަޅު ބިލެއް ނޫންކަން ރައީސަށް އެނގިވަޑައިގެންނެވީ ފަހުން ކަމަށް ގާސިމް ވިދާޅުވިއެވެ.

"ފަހުން ރައީސަށް ވެސް އެނގިވަޑައިގެންފި، މި ބައްލަވާލެއްވީމަ މި އަޑުތައް ހިފައިގަތީމަ އެގިއްޖެ މިއީ ހެއުވާވަރުގެ ކަމެއް ނޫންކަން. ތިމަންނާއަށް ވެސް މި ހެދެނީ ގޯހެއްކަން. ރަނގަޅު ވާހަކަ އެއް ރައީސް އަކީ ވަރަށް ގިނަ މަސްއޫލިއްޔަތު އޮންނަ ބޭފުޅެއް. އެބޭފުޅާއަށް ހުރިހާ އެއްޗެއް އަކުރުން އަކުރަށް ނުކިޔި ހިގައިދާނެ. އެކަމަކު ބަޔަކު މީހުން ދޭން އުޅޭ ލަނޑެއްގައި އެމަނިކުފާނު ނުޖެހި ސަލާމަތްވީ އަޅުގަނޑު ދަންނަވާނީ މިފަހަރުވެސް އަޅުގަނޑާއި ހެދިއޭ." ސަރުކާރުގެ ކޯލިޝަންގައި ހިމެނޭ ޖުމުހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ވިދާޅުވިއެެވެ.

އިތުރަށް ވާހަކަ ދައްކަަވަމުން ގާސިމް ވިދާޅުވީ މީގެ ކުރީގެ ސަރުކާރުތަކުގައި އަނިޔާތަކާއި ލިބެމުންދިޔަ ނިކަމެތިކަމާއެކުވެސް ހައްގުބަސް ވިދާޅުވުން ދުވަހަކުވެސް ހުއްޓަވާ ނުލައްވާ ކަމަށެވެ. އަދި ކުރިއަށް އޮތްތާތަގައި ވެސް ހައްގު ބަސް ވިދާޅުވުމުގައި ދެމި ހުންނަވާނެ ކަމުގެ ޔަގީން ކަން ގާސިމް ދެއްވިއެެވެ. ގާސިމް ވިދާޅުވީ ރާއްޖެއަށް ޑިމޮކްރަސީ ގެނައުމަށްޓަކައި އެންމެ ބުރަ އުފުލި ބޭފުޅުންގެ ތެރޭގައި އެމަނިކުފާނު ހިމެނިވަޑައިގަންނަވާނެ ކަމަށެވެ. އެގޮތުން ޖާނާއި މާލުން އެކަމަށް ހޭދަކުރެއްވި ކަމަށް ގާސިމް ވިދާޅުވިއެެވެ. އެކަން ކުރެވުނީ ވަރަށް ގިނަގުނަ މަސައްކަތް ކޮށްގެން ބޮޑެތި ރިސްކުތަކެއް ބަގައިގެން ކަމަށް މިފަހުން ގެނައި ހުރިހާ ސަރުކާރު ތަކެއް ގެނައުމަށް އިސްރޯލެއް އަދާ ކުރެއްވި ގާސިމް ވިދާޅުވިއެެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން