އަފްގާނިސްތާނަށް އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމަށް 20 މިލިއަން ޑޮލަރު ހަމަޖެއްސުމަށް އދ ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓަރެސް ހުށައަޅުއްވައިފިއެވެ.

އަފްގާނިސްތާނަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް ހުށައަޅާފައިވަނީ އެތައް އަހަރު ދުވަހުގެ ހަނގުރާމަ އާއެކު އަފްގާނިސްތާނުގެ ރައްޔިތުންނަށް ކުރިމަތިވެފައިވާ ނުރައްކާތެރި ދިރިއުޅުމަށް ލުއެއް ހޯދައިދިނުމުގެ ނިޔަތުގައެވެ. ހާއްސަ ގޮތެއްގައި ތާލިބާން ޖަމާއަތުން އަފްގާނިސްތާނު ހިފުމާއިއެކު، އަފްގާނިސްތާނުގެ ރައްޔިތުންނަށް ކުރިމަތިވެފައިވާ ބިރުވެރިކަމާއި، އާންމު ބޭނުންތައް ހާސިލްކުރުމަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކުން އަރައިގަތުމަށެވެ.

"އަފްގާނިސްތާނުގެ ރައްޔިތުން ދިރިއުޅެމުންދާ ދަތި އުނދަގޫ ހާލަތުން އަރައިގަތުމަށް ވަރަށް ބޮޑު އެހީތެރިކަމެއް ބޭނުންވާނެ. ހާއްސަގޮތެއްގައި މިވަގުތު މިއީ ބައިނަލްއަގުވާމީ އެކުވެރިން އަފްގާނިސްތާނުގެ ރައްޔިތުންނާއެކު ވާންވީ ވަގުތު." އދ ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓަރެސް ވިދާޅުވިއެވެ.

މިގޮތުން ގުޓަރެސް ވަނީ އަފްގާނިސްތާނަށް ބޭނުންވާ އިތުރު އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމަށް ބައިނަލްއަގުވާމީ އެހީތެރިކަމަށްވެސް ގޮވާލައްވާފައެވެ. އދ ގެ އޭޖެންސީތަކުން ހާމަކޮށްފައިވާގޮތުގައި އަފްގާނިސްތާނުގެ ރައްޔިތުން ވަނީ، ކާބޯތަކެއްޗަށާއި، ބޭހާއި، ސިއްހީ އެހީތެރިކަމާއި، ސާފު ފެނާއި، ރައްކާތެރިކަމަށް ޖެހިފައެވެ.

ތާލިބާން ޖަމާއަތުގެ ދަށަށް އަފްގާނިސްތާނު ގެންގޮސްފައިވަނީ ހުސްވިމަހުއެވެ. ތާލިބާން ޖަމާއަތުން އަފްގާނިސްތާނު ހިފުމާއިއެކު، އަފްގާނިސްތާނުގެ ރައްޔިތުންވަނީ ބައިނަލްއަގުވާމީ އެހީތެރިކަން ލިބުމާމެދު އުއްމީދު ކަނޑާލާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން